ރާއްޖޭގެ އުތުރާއި ދެކުނުގައި 40،000 ހައުސިން ޔުނިޓް ތަރައްޤީ ކުރުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
އެކުވެރި ޢަރަބި އިމާރާތުގެ، ދުބާއީގައި އިއްޔެ ފެށި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި މި މަޝްރޫޢުގެ މައުލޫމާތު ސަރުކާރުން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ދެކުނުގައި ހައުސިން ޔުނިޓްތައް އަޅަން ނިންމާފައި ވަނީ ގއ، ގދ، ފުވައްމުލައް އަދި އައްޑޫސިޓީގައެވެ. އުތުރުގައި ހައުސިން ޔުނިޓްތައް އެޅުމަށް ހަމަޖެހިފައިވަނީ ހއ، ހދ. އަދި ށ. އަތޮޅުގަ އެވެ.
ސަރުކާރުން ނިންމާފައި ވަނީ ހަތަރު ފަންގިފިލާ އާއި ތިން ފަންގިފިލާގެ ހައުސިން ޔުނިޓްތައް އެޅުމަށާއި، 15-20 ފަންގިފިލާގެ ޓަވަރުތައް އެޅުމަށެވެ.
ސަރުކާރުން މަސައްކަތް ކުރަނީ މިމަޝްރޫޢަށް ކޮންޓްރެކްޓާ ފައިނޭންސާއި، ކޮންސެޝަނަލް ފައިނޭންސިން މޮޑެލްގެ ދަށުން މަސައްކަތް ކުރާނެ އިންވެސްޓަރުން ހޯދުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ، އެކުވެރި ޢަރަބި އިމާރާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދުބާއީގައި ބޭއްވި އިންވެސްޓް މޯލްޑިވްސް 2024 ފޯރަމްގެ ބޭނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންވެސްޓަރުންނާއި ވިޔަފާރިވެރިން އެއްތަނަކުން ބައްދަލުވެ، ދިވެހިރާއްޖޭގައި ހުރި ތަފާތު އިންވެސްޓްމަންޓް ފުރުޞަތުތަކުގެ މަޢުލޫމާތު ޙިއްސާކުރުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު