ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުނެގުން މާދަމާ ބާއްވަން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާދަމާ މެންދުރުފަހު 2:00 އިން ފެށިގެން، ގުރުނެގުން ކުރިއަށް ދާނެ ކަމަށެވެ. އަދި ގުރުއަތު ނެގުން އޮންނާނީ އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި ކަމަށް ހަބީބް ވިދާޅުވިއެވެ.
"ގުރުޢަތު ނެގުމަށް ކެންޑިޑޭޓަކަށް ގުރުއަތު ނަގާ ވަގުތަށް، ވަޑައިގަތުމަށް އުޒުރުވެރިވެ ވަޑައިގެންފިނަމަ، ސިޓީ އަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުއްވުމުން ގުރުއަތު ނެގުމުގައި ބައިވެރި ވެވޭނެ." ހަބީބް ވިދާޅުވިއެވެ.
މަޖިލިސް އިންތިޚާބު ބާއްވަން އީސީން އިއުލާނުކޮށްފައިވަނީ މާޗު މަހުގެ 17 އެވެ. އެ ދުވަސް ދިމާވަނީ ރަމަޟާންމަހުގެ ފުރަތަމަ ހަފްތާގެ ދުވަހަކާއެވެ.
އެދުވަސް ރޯދަ މަހުގެ ދުވަހަކާ ދިމާވާތީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވާ ގޮތަށް ގާނޫނަށް އިސްލާހު ގެނަސް ރައްޔިތުންގެ މަޖިލީހުން ވަނީ އެ އިސްލާހު ފާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު