މިޔަރެއް ދަތް އެޅުމުން އަނިޔާވި މީހާ
މިޔަރެއް ދަތް އެޅުމުން އަނިޔާވި މީހާ
މިޔަރެއް ދަތް އަޅައިގެން އަނެއްކާވެސް މަސްވެރިއަކަށް ފަރުވާ ދޭން ފަށައިފި އެވެ.

ގައުމީ ދިފާއީ ބާރު އެމްއެންޑީއެފުން ބުނީ ދޮށި އުކައިގެން މަސްވެރިކަން ކުރަމުން ދަނިކޮށް މިޔަރެއް ދަތް އެޅުމުގެ ސަބަބުން ހާލު ދެރަވި މީހަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން އެމީހާ ސިއްހީ އަވަސް ފަރުވާއަށް ގެންގޮސްދިނުމަށް އެދުމުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެ ހާދިސާ ހިނގާފައިވަނީ، ރ.އަތޮޅު ކޯރާކޯރާ ރިސޯޓް ކައިރިން ދޮށި އުކައިގެން މަސްވެރިކަން ކުރަމުންދިޔަ "ރިހިވެލި" ނަމަކަށް ކިޔާ ޑިންގީ ލޯންޗެއްގައި ހުރި ފަޅުވެރިއެއް ބޭނި މަހަކުން ބުޅި ނައްޓަން އުޅުމުގެ ތެރޭގައި މިޔަރެއް ދަތް އެޅުމުން ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

“ޒަހަމްވެ ހާލު ދެރަވި މީހާއަށް ސިއްހީ އަވަސް ފަރުވާ ބޭނުންވާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ރޭ 18:55 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާސް "033 ލޯންޗު" ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ގޮސް، ހާލުދެރަވި މީހާ ރ. އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައި.” އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި މަހުގެ ކުރީކޮޅު ރާއްޖޭގެ އުތުރުގައި ފާނައިގެ މަސްވެރިކަމުގައި އުޅުނު މަސްވެރިއަކަށް ވެސް މިޔަރެއް ހަމަލާ ދީގެން ފަރުވާ ދިނެވެ. އެ ހާދިސާގައި އެ މަސްވެރިޔާގެ ކަނާތަށް ވަރަށް ފުން ޒަހަމްތަކެއް ވަނީ ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ސަލީމް

19-Feb-2024

މިައަރު ހިމާޔަތް ކޮށްފަ އިންސާނުން މަރާމީހުން ހިމާޔަތް ކޮށްފަ...މިއަރަށް ބުއްދިދެއްވާފަ ނުވޭ..މިޔަރު ހިމާޔަތް ކުރެވިދާނެ...އެކަމަކު މީހުން މަރާމީހުން ހިމާޔަތް ކުރަންޖެހޭތަ!.



ޓްރެންޑިން