ޚާރިޖީ ވަޒީރު މޫސާ ޒަމީރު
ޚާރިޖީ ވަޒީރު މޫސާ ޒަމީރު
ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ސަރުކާރުތަކުގެ އިސް ވެރިން ބައިވެރިވެ ވަޑައިގަންނަވާ މިއުނިކް ސެކިއުރިޓީ ކޮންފަރެންސަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ޖަރުމަނަށް ވަޑައިގެންފި އެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަށް ތިނަކުން ފެށިގެން ބާއްވަމުންދާ އެ ކޮންފަރެންސަކީ ކޮންމެ އަހަރަކުހެން ބާއްވަމުން ގެންދާ ކޮންފަރެންސެކެވެ. މިއީ ދުނިޔޭގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުުރުމަށް ބާއްވާ މިނިވަން އެންމެ ބޮޑު އެއް ފޯރަމްވެސް މެއެވެ.

އެ ކޮންފަރެންސްއަށް މިނިސްޓަރ ޒަމީރު ވަޑައިގެންނެވީ އިއްޔެއެވެ. އެއީ ދުބާއީގައި ބޭއްވި ވޯލްޑް ގަވަރމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ފަހުއެވެ.

މިއުނިކް ކޮންފަރެންސްގައި "ކްލައިމެޓް ފައިނޭންސް"އާ ގުޅޭ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ ޒަމީރު ވާހަކަފުޅު ދައްކަވާނެއެވެ. އަދި ކޮންފަރެންސްގެ ހަވާސާގައި މިނިސްޓަރ ޒަމީރު ދުނިޔޭގެ އެހެން ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި އަދި ސީނިއާ އޮފިޝަލުންނާ ވެސް ބައްދަލު ކުރައްވާނެއެވެ.

އެ ކޮންފަރެންސް ކުރިއަށް ދާނީ މިއަދުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ކަމަށް ޚާރިޖީ ވުޒާރާއިން މަޢޫލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން