އަހުޒަމް އަޙްމަދު   16 ފެބްރުއަރީ 2024 - 16:29
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލީ އެންމެ 10 ޕަސެންޓް އަންހެނުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް "ރަސް"އަށް މިއަދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލި މީހުންގެ ތެރެއިން 381 މީހަކަށް ކެންޑިޑެންސީއާ ގުޅޭ ގޮތުން ނިންމި ނިންމުން އަންގާފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ތެރެއިން ކެންޑިޑޭސީ ބަލައިގަތް މީހުންގެ އަދަދު ފަހުން ހާމަ ކުރަށްވާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.

ޙަބީބު ވިދާޅުވީ މި ފަހަރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އަންހެނުންގެ ނިސްބަތަކީ 10.76 ޕަސެންޓް ކަމަށެވެ.

މި ފަހަރުގެ އިންތިހާބަށް ޕާޓީތަކުން ބޭއްވި ޕްރައިމަރީތަކުގައިވެސް ޓިކެޓް ލިބިވަޑައިގެންނެވީ މަދު ކަނބަލަކަށެވެ. އަދި ޕްރައިމަރީން ނާކާމިޔާބުވެ ވަޑައިގެންނެވި ބައެއް ކަނބަލުން ވަނީ އަމިއްލަ ގޮތުން އިންތިޚާބަށް ކުރިމަތިލައްވާފައެވެ.

އޭގެ ތެރޭގައި ހުރާ ދާއިރާއަށް ވާދަކުރައްވާ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމާއި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ފާހަގަ ކޮށްލެވެއެވެ.

އީސީން ބުނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރަން ގުރު ނެގުން މިއަދު ފަށާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން