ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަށްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރަން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންގެ ކެންޑިޑެސީ ނަންބަރު ތަރުތީބު ކުރުމަށްޓަކައި ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނަގަން ފަށާފައިވަނީ މިއަދު މެންދުރު ފަހު 02:30 ގައި ދަރުބާރުގޭގައެވެ. ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކުރުމަށް ހާޒިރުވާން ޖެހޭ ގަޑިތައް އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ ގެޒެޓުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު ހަމަވިއިރު، 93 ދާއިރާއަށް 381 ކެންޑިޑޭޓުން ފޯމު ހުށައަޅާފައިވާކަމަށް އީސީން ވަނީ ބުނެފައެވެ. އަދި ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންގެ ފޯމުތައް ބާތިލުކުރުމަށްފަހު އެކަން އީމެއިލްގެ ޒަރީއާއިން އަންގާނެ ކަމަށް އީސީން މަޢުލޫމާތުދެއެވެ.
މަޖިލިސް އިންތިޚާބު ބާއްވަން އީސީން އިއުލާނުކޮށްފައިވަނީ މާޗު މަހުގެ 17 އެވެ. އެ ދުވަސް ދިމާވަނީ ރަމަޟާންމަހުގެ ފުރަތަމަ ހަފްތާގެ ދުވަހަކާއެވެ.
އެދުވަސް ރޯދަ މަހުގެ ދުވަހަކާ ދިމާވާތީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވާ ގޮތަށް ގާނޫނަށް އިސްލާހު ގެނަސް ރައްޔިތުންގެ މަޖިލީހުން ވަނީ އެ އިސްލާހު ފާސްކޮށްފަ އެވެ.
އެހެންނަމަވެސް އެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ ރައީސް ޑރ. މުޢިއްޒު އެޤާނޫނު ތަޞްދީޤު ކުރަށްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަށްވާ ދުވަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު