އީސީގެ މެންބަރުން
އީސީގެ މެންބަރުން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފޯމު ހުށަހެޅި 381 ކެންޑިޑޭޓުންގެ ތެރެއިން 9 ކެންޑިޑޭޓުންގެ ފޯމު ޝަރުތު ހަމަނުވާތީ ބާތިލުކޮށްފައިވާ ކަމަށާއި، އަދި ހަތަރު ކެންޑިޑޭޓުން ނަން އަނބުރާ ނަންގަވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން ހާމަކޮށްފިއެވެ.

ކެންޑިޑޭޓުންގެ ކެންޑިޑެސީ ނަންބަރު ތަރުތީބު ކުރުމަށްޓަކައި މިއަދު މެންދުރު ފަހު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އީސީން ބުނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު ހަމަވިއިރު، 93 ދާއިރާއަށް 381 ކެންޑިޑޭޓުން ފޯމު ހުށައަޅާފައިވާ ކަމަށެވެ.

ނަމަވެސް 9 ކެންޑިޑޭޓުންގެ ފޯމު ޝަރުތު ހަމަނުވާތީ ބާތިލުކޮށްފައިވާ ކަމަށާއި، އަދި ހަތަރު ކެންޑިޑޭޓުން ނަން އަނބުރާ ނަންގަވާފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ. އެހެންކަމުން އިންތިޚާބުގައި ވާދަ ކުރަށްވާ ކެންޑިޑޭޓުންގެ ޖުމްލަ އަދަދަކީ 368 ކަމަށް އީސީން ވަނީ ބުނެފައެވެ. އޭގެތެރޭގައި ހިމެނެނީ 327 ފިރިހެން ކެންޑިޑޭޓުންނާއި 41 އަންހެން ކެންޑިޑޭޓުނެވެ.

މަޖިލިސް އިންތިޚާބު ބާއްވަން އީސީން އިއުލާނުކޮށްފައިވަނީ މާޗު މަހުގެ 17 އެވެ. އެ ދުވަސް ދިމާވަނީ ރަމަޟާންމަހުގެ ފުރަތަމަ ހަފްތާގެ ދުވަހަކާއެވެ. އެދުވަސް ރޯދަ މަހުގެ ދުވަހަކާ ދިމާވާތީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވާ ގޮތަށް ގާނޫނަށް އިސްލާހު ގެނަސް ރައްޔިތުންގެ މަޖިލީހުން ވަނީ އެ އިސްލާހު ފާސްކޮށްފަ އެވެ.

އެހެންނަމަވެސް އެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ ރައީސް ޑރ. މުޢިއްޒު އެޤާނޫނު ތަޞްދީޤު ކުރަށްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެއްވުމުންނެވެ.

މި އަހަރުގެ އިންތިހާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން