ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް ރަޖިސްޓްރީވާން އިތުރު މުއްދަތެއް ދެން ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓެމްޕްލޭޓް ބޭނުންކޮށްގެން އިންތިހާބުގައި، ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ސުންގަޑި، އަންގާރަ ދުވަހުގެ ރޭ 10:00 އަށް ހަމަވާނެ ކަމަށެވެ.

ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް މިހާތަނަށް 56 މީހަކު ރަޖިސްޓަރީ ކޮށްފައި ވާކަން ފާހަގަ ކުރައްވައި، ސުންގަޑި ހަމަވުމުގެ ކުރިން އަވަހަށް ރަޖިސްޓަރީ ކުރުމަށް ހަބީބް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން ހަބީބް ވިދާޅުވީ، ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް ތިންވަނަ ފަހަރަށް ދެން މުއްދަތު އިތުރު ނުކުރާނެ ކަމަށެވެ.

މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައި އޮތީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް އެ ދުވަސް ރޯދަ މަހުގެ ދުވަހަކަށް ވާތީ ރޯދަ މަހު އިންތިހާބު ނުބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެމްޑީޕީން މިހާރު ވަނީ މަޖިލީހަށް ހުށަހަޅައި ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން