ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންސާފު ހޯދައިދީ، މިނިވަން ކޮށްދީފައި ނުވާތީ، ރައީސް ޔާމީންގެ ނަންގަތުންވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިހާރު '"މަނާ" ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިން އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީ އުފެއްދުމުގެ މަސައްކަތް ތަކުގައި އެންމެ އިސްކޮށް އުޅުއްވާ މަލީހް މިހެން ވިދާޅުވީ، ރައީސް އައްޑޫ ސިޓީއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި، ރޭ ފޭދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީނާ ގުޅުވައި ދެއްކެވި ވާހަކަފުޅުގެ ސަބަބުންނެވެ.

އެޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ ރައީސް ޔާމީނަށް އިންސާފު ލިބުމަކީ ގައުމަށް ވެސް އެންމެ އިންސާފުވެރި ގޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މިހާ ދުވަސްވެގެން ދިޔައިރުގައި ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމަކީ ގައުމަށް ވެސް ހަމަޖެހުން ލިބޭނެ ގޮތެއް ނޫން ކަމަށެވެ. އަދި އެ މަނިކުފާނަށް ވެސް އިންސާފު ލިބެންޖެހޭނެ ކަމަށާއި އިންސާފު ލަސްވުމަކީ އިންސާފު ނުލިބުންކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީނުގެ މައްސަލައަށް ޑރ. މުއިއްޒު "އަތްބާނާ ކަމަށެވެ.*

"ހިންޏަށް ހަކުރު އޮޅުވާލަންތޯ ރައީސް ޑރ. މުއިއްޒު ތިޔަ އުޅުއްވަނީ؟ ރައީސް ޔާމީންގެ ފޯންކޯލް ނުނަންގަވާ, ބަންދަށް ލުއި ނުދެއްވާ, މައްސަލަޔަށް އަތްބާނުއްވާ އިންސާފުނުދެއްވާ މިނިވަން ނުކޮށް ރައީސް ޔާމީންގެ ނަންގަތުންވެސް ޑރ. މުއިއްޒަށް މިހިސާބުން ދެން މަނާ. ބޭއިންސާފުގެ އިންތިހާ." މަލީހް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން