އެއަރޕޯޓުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު
އެއަރޕޯޓުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު
ވިލިނގިލީގައި އެއާޕޯޓެއް އަޅަން އެން ވީ ބެސިކްސް އެސް އޭ ކުންފުންޏާ ހަވާލުކޮށްފިއެވެ.

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤީކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެމަނިކުފާނު އެކަން އިޢުލާނުކުރެއްވީ ކެމްޕެއިންގެ ތެރެއިން މިދިޔަ އޮގަސްޓްމަހު ވިލިނގިއްޔަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ވިލިނގިލީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެރަށުގައި އެއަރޕޯޓް އެޅުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ބެލްޖިއަމްގެ ކުންފުންޏެއް ކަމަށްވާ އެން ވީ ބެސިކްސް އެސް އޭ ކުންފުންޏާއެވެ.

އެ ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކުންފުންޏަކީ ޔޫއޭއީގެ ބްރިޖް ޚަލީފާވެސް ޢިމާރާތްކުރި ކުންފުންޏެވެ.

ޢިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ބުނީ ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއަރޕޯޓަކާއެކު ޓުއަރިޒަމް ޒޯނެއް ތަރައްޤީ ކުރުމަށް ދިވެހި ސަރުކާރާއި އެން. ވީ. ބެސިކްސް އެސް. އޭ އާ ދެމެދު އެމްއޯޔޫގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

"މި މަޝްރޫޢުގައި ހިމެނުމަށް އެން. ވީ. ބެސިކްސް އެސް. އޭ އިން ހުށައަޅާފައިވަނީ 2.2 ކިލޯމީޓަރުގެ ރަންވޭ އަކާއި ޓްރާންސިޓް ހޮޓަލެއްގެ އިތުރުން އިންޓަނޭޝަނަލް އެއަރޕޯޓެއްގައި ހިމެނޭ އެންމެހާ ވަސީލަތްތައް ތަރައްޤީ ކުރުމަށެވެ." މިނިސްޓްރީގެ ބަޔާނުގައިވެއެވެ.



އޭގެ އިތުރުން މަތީ ފަންތީގެ ރިސޯޓު ތަކާއި ހޮޓެލްތަކާއި ޔޮޓް މެރީނާއެއް ތަރައްޤީ ކުރުމަށް އެ ކުންފުނީގެ ޕްރޮޕޯސަލްގައި ވަނީ ހުށައަޅާފައިވެއެވެ.

އެން. ވީ. ބެސިކްސް އެސް. އޭ ކުންފުންޏަކީ ދުނިޔޭގެ 44 ވަނަ އަށް އެންމެ ވަރުގަދަ އަދި އެންމެ ބޮޑު ކުންފުންޏެވެ. އެ ކުންފުނިން މިދިޔަ އަހަރު ފައިދާގެ ގޮތުގައި ވެސް 300 މިލިއަން ޑޮލަރު ހޯދާފައިވެއެވެ.

މިއީ 500 މިލިއަން ޑޮލަރާއި 750 މިލިއަން ޑޮލަރާއި ދެމެދުގެ އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން