މާލޭ ސަރަޙައްދުގެ މަގުތަކުގައި ގަވާއިދުން ބޭރުން ޕާކުކޮށް، ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމްގެ ދަށުން މިމަހު 17 ގެ ނިޔަލަށް 56 އެއްގަމު އުޅަނދު ނައްތާލައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ބުނީ، މާލޭ ސަރަޙައްދުގައި ޤަވާއިދާ ހިލާފަށް ބޭނުންނުކޮށް ބަހައްޓާފައިވާ އެއްގަމު އުޅަނދުތައް، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މަގުމަތިންނަގައި ނައްތާލުމުގެ ޕްރޮގްރާމްގެ ދަށުން 04 ފުރޮޅުލީ 56 އުޅަނދު ނައްތާލާފައިވާ ކަމަށެވެ.
މިއީ އެއްގަމުގައި ދުއްވާ އުޅަނދު މާލެ ސަރަހައްދުގައި ގިނަވެ މަގުމަތި ތޮއްޖެހުމުގެ ސަބަބުން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އަވަސް ހައްލެއް ހޯދުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލޭ ސިޓީކައުންސިލާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި، ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ނައްތާލާނީ މާލޭގެ މަގުތަކުގައި ޕާކްކޮށްފައި އޮންނަތާ ގިނަ ދުވަސްވީ އުޅަނދުތަކެވެ. އަމިއްލައަށް އެދިގެން ވެހިކަލެއް ނައްތާލުމަށް އެއްވެސް ފަރާތަކުން އެދޭނަމަ މި ޕްރޮގްރާމުގެ އިތުރު ބައެއްގައި އެކަން ހަމަޖެހިގެންދާނެ ކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
މި މަހުގެ 17 ވަނަ ދުވަހު ފެށި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް މާޗް ތިންވަނަ ދުވަހުގެ ނިޔަލަށެވެ.
މާލެ ސަރަހައްދުގައި ދިމާވެފައިވާ އެއްގަމު އުޅަނދު ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ މީގެކުރިން ދުވާލަކު 200 އުޅަނދު ރަޖިސްޓްރީ ކުރިކުރުން 25 އުޅަނދަށް ތިރިކޮށްފައެވެ.

އެއްގަމުގައި ދުއްވާ އުޅަނދު މާލެ ސަރަހައްދުގައި ގިނަވެ މަގުމަތި ތޮއްޖެހުމުގެސަބަބުން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އަވަސް ހައްލެއް ހޯދުމަށް
— Ministry of Transport and Civil Aviation (@MoTCAmv) February 22, 2024
1/2@ameen3d pic.twitter.com/rKgD8xdG8X
މި މަހުގެ 17 ވަނަ ދުވަހު ފެށި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް މާޗް ތިންވަނަ ދުވަހުގެ ނިޔަލަށެވެ.
މާލެ ސަރަހައްދުގައި ދިމާވެފައިވާ އެއްގަމު އުޅަނދު ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ މީގެކުރިން ދުވާލަކު 200 އުޅަނދު ރަޖިސްޓްރީ ކުރިކުރުން 25 އުޅަނދަށް ތިރިކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު