ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމްޑީޕީގެ ވެރިކަމަށް އައުމަކީ އެ ޕާޓީގެ އަސްލުނެތި ފާލުން ނެއްޓިފައިވާކަމުގައި ސިއްކަ ޖެހުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ، ރާއްޖޭގެ ކޮންމެ ދިމާލަކުންވެސް ފެންނަނީ ފާލުން ނެއްޓިފައިވާތަން ކަމަށް ޝާހިދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.
ރޭ އެމްޑީޕީން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވެފައި ވަނީ، ރާއްޖެ ވަނީ ފާލުން ނެއްޓި ކައްސާލާފައި ކަމަށެވެ. އަދި ރާއްޖޭގެ މިސްރާބު ހުރީ ފަރަށް އެރުމާ ދިމާއަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ އެ ވާހަކައަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، ބޭރުގެ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ޤާނޫނީ ދިމިޤުރާޠީ ވެރިކަން ކުރުމަށް ޖެއްސުންކޮށް އިނދަޖައްސާލަން އިދިކޮޅުން ކުރާ މަސައްކަތް، ޒުވާން ތައުލީމީ ޖީލު ނިކުމެ ފެއިލްކުރާނެ ކަމަށެވެ.
"މަނިކުފާނު އެމްޑީޕީގެ ޒަޢާމަތަށް އައުމަކީ އެމްޑީޕީގެ އަސްލުނެތިވެ ފާލުން ނެއްޓިފައިވާކަމުގައި ސިއްކަ ޖެހުން." އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު