މާޅޮހު ކައުންސިލް ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ.

މާޅޮހު ކައުންސިލުން އަންހެނުންނަށް ޚާއްސަކުރާ ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ މި ބަައި-އިލެކްޝަންގައި 2 ކެންޑިޑޭޓަކު ވާދަކުރެއެވެ. އެއީ ޕީއެންސީގެ ކެންޑިޑޭޓަކާއި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެކެވެ.

މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8 އިން ހަވީރު 4 އަށް މާޅޮހު ސްކޫލާއި ދަރުބާރު ގޭގައެވެ. މި ބައި-އިލެކްޝަންގައި 558 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ހއ. ތަކަންދޫ ކައުންސިލުން ހުސްވެފައިވާ އަންހެން މެންބަރުގެ ގޮނޑިއަށް ބާއްވާ ބައި-އިލެކްޝަނާއި، ނ. ވެލިދޫ ކައުންސިލުން ހުސްވެފައިވާ މެންބަރުކަމުގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި ނ. މާފަރު ކައުންސިލްގެ އަންހެން މެންބަރާއި މ. މަޑުއްވަރީ ކައުންސިލްގެ ރައީސަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ކުރިމަތިލުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން