ގޯތި ދިނުމަށް ބިން ހިއްކަނީ
ގޯތި ދިނުމަށް ބިން ހިއްކަނީ
ބިންވެރިޔާ ސްކީމުގެ ދަށުން މިހާތަނަށް 8،250 މީހުންނަށް ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ބުނީ މިހާތަނަށް 8،250 މީހުންނަށް އެގްރީމެންޓުގައި ސޮއިކޮށް ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ބިން ލިބިފައިވާކަމުގެ ލިޔުން 118 މީހުންނަށް ހަވާލުކޮށްފައިވާކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުގެ ސަބަބުން 120 ފޯމެއްގައި ސޮއި ނުކުރެވި ހުރި ކަމަށެވެ. އަދި އެޕްލިކަންޓުން ބިން ދޫކޮށްލަން އެދިފައިވާތީ ސޮއި ނުކުރެވި 16 ފަރާތަކާއި، އެޕްލިކަންޓު ނިޔާވުމުގެ ސަބަބުން ސޮއިނުކުރެވި 12 މީހަކު އެބަތިބިކަމަށް ވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިނިސްޓްރީމް މިއަދު ބުނީ، މިހާރު 212 އެގްރީމަންޓެއްގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އޭގެ އިތުރުން ބިންވެރިޔާ ސްކީމުގެ ދަށުން ބިންތަކުގެ އެގްރީމަންޓުގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލުކުރުމާއި، ގޯތި ލިބިފައިވާ ކަމުގެ ލިޔުން ހަވާލު ކުރެވިފައިނުވާ މީހުންނަށް ގުޅުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން މިއަދު ބުނީ މިނިސްޓްރީން ގުޅާނީ 4004994 އާއި 4004797 އިން ކަމަށެވެ.

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ހުޅުމާލެއިން 1،351 ގޯތި، ގުޅީފަޅުން 2،218 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން ގިރާވަރު ފަޅުން 5،432 ގޯތި ދޭނެކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.

އޭރު ހައުސިންގ މިނިސްޓްރީން ބުނީ ޝަރުތު ހަމަވެގެން ގޯތި ލިބޭ 19،631 މީހުން ތިބި ނަމަވެސް އޭގެތެރެއިން އޭރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށް ކަމަށެވެ. އަދި އެ ސަރުކާރުގެ ދައުރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ބިމާއި ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

މީގެއިތުރުން ބިންވެރިޔާ ސްކީމުގެ ދެވަނަ ބުރު އިޢުލާންކޮށް ފޯމު ހުށައެޅި ފަރާތްތަކުގެ ލިސްޓު ވެސް އެންމެ ފަހުވަގުތުކޮޅުގެ ތެރޭގައި ވަނީ ގެޒެޓްކޮށް އާންމު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން