ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރު ރޮޒައިނާ (ކ) ނައިބު މުޤައްރިރު މީކާއީލް (ވ)
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރު ރޮޒައިނާ (ކ) ނައިބު މުޤައްރިރު މީކާއީލް (ވ)
ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލަބަލާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފްލެޓްތަކުގެ މައްސަލަ ބަލަމުން ގެންދާއިރު، ކޮމިޓީގެ އެޖެންޑާގައި މިއަދު އޮތީ ފްލެޓުގެ ކަންކަން ކުރިއަށް ގެންދިޔަ ބޭފުޅުންނާ ބައްދަލުކުރުމެވެ.

އެގޮތުން ކުރީ ސަރުކާރުގައި ފްލެޓް ކޮމެޓީގައި ތިއްބެވި ބޭފުޅުންނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި މި ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އިސްވެރިން ހާޟިރުކޮށް ކޮމެޓީން ދަނީ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ތައްޔާރުކުރި ގޮތުގެ މަޢުލޫމާތު އޮޅުން ފިލުވަމުންނެވެ.

އޭސީސީން މި މައްސަލަ ބެލުމަށްފަހު ހައުސިންގ މިނިސްޓްރީއަށް ފޮނުވި ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ހިމެނެނީ 824 ފަރާތެކެވެ.

ކުރީ ސަރުކާރުގެ ވެރިކަމުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާކުރި ފްލެޓްތައް ބެހުމަށްޓަކަައި "ގެދޮރުވެރިން" ނަމުގައި އުފެއްދި ކޮމިޓީގެ ޗެއާމަނަކަށް ހުންނެވީ ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރު އެކޮމިޓީގެ ކޯ ޗެއާމަންގެ ގޮތުގައި ހަރަކާތްތެރިވީއިރު އެ ކޮމިޓީގައި ދެން ތިއްބެވީ މަރިޔަމް ނާޒިމާ އާއި އައިޝަތު ރާޝިދާ އަދި މުހައްމަދު އާރިފެވެ.

4000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން އޭސީސީން ކުރި ތަހުގީގަށް ފަހު ބުނީ އޭގެތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ. ކުރީ ސަރުކާރުން ފްލެޓްގެ ހައްގުވެރިންގެ ގޮތުގައި އެކުލަވާލި ދާއިމީ ލިސްޓުގައި ހިމެނޭ 20 އިންސައްތަ ފޯމުގައި މައްސަލަތައް ހުރި ކަމަށް އޭސީސީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން