އެމްޑީޕީގެ މިދިޔަ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއަކާ ބޮޑު ސަރުކާރެއް ދިނުމުން އަރުވާލީ ފަރަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޙަސަން ވިދާޅުވީ، އެމްޑީޕީން މަޖިލީހުގައި މަސައްކަތް ކުރަނީ ތަކުރާރުކޮށް ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ. އަދި އުޅެނީ ރައްޔިތުން ގުނބޯ ހައްދަން ކަމަށާއި ނަމަވެސް ރައްޔިތުން އެއަށްވުރެ މިހާރު ހޭލުންތެރިކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރަމަޟާން މަހު ނުބޭއްވުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ޙަސަން ވިދާޅުވީ، 65 މެންބަރުންނާ ބޮޑު ސަރުކާރަކާއި އެމްޑީޕީއަށް ދިނުމުން އަރުވާލީ ފަރަށް ކަމަށެވެ.

"މިއަދު ރަނގަޅުކަމަކީ ޕްރިންޓްކުރަން އޮތް ހުއްދަ އެއީ ގައުމަށް ފައިދާހުރިގޮތަށް އެކަން އެއޮތީ އުވާލާފައި. ދިހަ އަހަރުވަންދެން ވެރިކަމުގައި ތިބެވޭނެކަމަށް ޕްރިންޓް ކޮށްލަކޮށްލާ ތިބި ހުއްދަ މިއަދު އުވާލީ. އެއީ ގައުމާ ރައްޔިތުންނަށްޓަކައި ކުރާކަމެއް." ޙަސަން އަޙްމަދު ވިދާޅުވިއެވެ.

ޙަސަން މިފަދައިން އެމްޑީޕީއަށް ފާޑުވިދާޅުވެފައިވާއިރު، ދާދިފަހަކާއި ޖެހެންދެން ވެސް އޭނާ ހުންނެވީ އެމްޑީޕީގައެވެ. ނަމަވެސް، އެމްޑީޕީ ދޫކުރައްވާ އޭނާ މިހާރުވަނީ ސަރުކާރު ހިންގާ ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން