2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ތެރޭގައި އެފް.އެސް.އެމް އިން އެމް.ޕީ.އެލްއަށް ތެޔޮ ވިއްކުމުގައި، އެ ކުންފުނިތަކުގެ މުވައްޒަފުން ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާ މައްސަލާގައި 3 މީހެއްގެ މައްޗަށް ދަޢުވާކޮށްފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ އެކިއެކި އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) މެދުވެރިކޮށް ގަތުމުގައި ހިންގާފައިވާ މުޢާމަލާތްތަކުގައި އެމް.ޕީ.އެލްއާއި އެފް.އެސް.އެމްގެ މުވައްޒަފުންތަކެއް ގުޅިގެން ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގައި އެކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
އެހެންކަމުން އެމައްސަލައިގައި 3 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް 28 ފެބްރުވަރީ 2024 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
މި މައްސަލާގައި ދަޢުލަތުން ދަޢުވާ ކޮށްފައިވަނީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޗީފް މެނޭޖަރ، ސ. ފޭދޫ، ވާރުގެ، މުޙައްމަދު އައިމަންގެ މައްޗަށާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ އެސިސްޓެންޓް މެނޭޖަރު، ސ. މަރަދޫ އާޒާދުގެ ޙަސަން ދީދީ އާއި ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮ ބައުޒަރު ޑްރައިވަރު، ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ސޮޖިބްގެ މައްޗަށެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، މި މައްސަލައިގައި އިތުރު 2 މީހެއްގެ މައްޗަށްވެސް ތުހުމަތުކުރެވޭ ކަމަށެވެ. ނަމަވެސް އެދެމީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިނުވާތީ، މިވަގުތަށް ދަޢުވާ ނުކުރުމަށް ނިންމާފައިވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
"މި މައްސަލައަކީ މިހާރުވެސް ތަޙުޤީޤު ކުރިއަށްދާ މައްސަަލައެކެވެ. މިހާތަނަށް މި އޮފީހަށް ބަލައިގަނެފައިވާނީ މި މައްސަލައިގައި ޚިޔާނާތްތެރިވީކަމަށް ތުހުމަތުކުރެވޭ ފައިސާގެ ތެރެއިން 6.7 މިލިއަން ރުފިޔާގެ ބައެވެ. މައްސަލައިގެ ތަޙުޤީޤު އަދިވެސް ކުރިއަށްދާތީ، އިތުރު ބައިތަކުގެ ތަޙުޤީޤު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމާނަމެވެ." ޕީޖީ އޮފީހުން މަޢުލޫމާތުދެއެވެ.
މި މައްސަލާގައި އައިމަންގެ މައްޗަށް ދަޢުލަތުން ދަޢުވާކޮށްފައިވަނީ، ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ އާއި، ޤާނޫނުލްޢުޤޫބާތުގެ 310 ވަނަ މާއްދާގެ ދަށުން، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ޞައްޙަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ދަޢުވާއެވެ.
އެގޮތުން 2019 ވަނަ އަހަރުގެ ތެރޭގައި އެމް.ޕީ.އެލްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ޗީފް މެނޭޖަރުގެ މަޤާމުގައި ހުރެ އެފް.އެސް.އެމް އިން، ތެޔޮ ގަތުމުގެ މުޢާމަލާތްތައް ކުރުމުގައި، އެމް.ޕީ.އެލަށް ނުލިބޭ ތެޔޮ ލިބިފައިވާކަމަށް ބަޔާންކޮށް، 13 ޖަނަވަރީ 2020 އިން ފެށިގެން 10 އޮކްޓޫބަރު 2020 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ 119 ޑެލިވަރީ ނޯޓު ބަލައިގަނެ ސޮއިކުރުމަށް ސ.މަރަދޫ، އާޒާދުގެ، ޙަސަންދީދީއަށް އިރުޝާދުދީ، މި ޑެލިވަރީ ނޯޓްތައް ސިސްޓަމްއިން ބަލައިގަނެ ޕްރޮސެސްކޮށް އެމްޕީއެލަށް ލިބިފައިނުވާ 783،100 ލީޓަރު ޑީސަލް، ލިބިފައިވާކަމަށް ލިޔެކިޔުންތަކުން ދައްކުވައި، އެ ޑީސަލްގެ އަގަށްވާ ޖުމްލަ ހަ މިލިއަން ހަތް ލައްކަ ނުވަދިހަ ނުވަހާސް އަށް ސަތޭކަ ރުފިޔާ ފިއުލް ސަޕްލައި މޯލްޑިވްސްއަށް ދައްކައި، ޖުމްލަ 783،100 ލީޓަރު ޑީސަލްއަށް ޙިޔާނާތްތެރިވެފައިވާކަމަށް ދަޢުވާގައިވެއެވެ.
އައިމަންގެ މައްޗަށް ކޮށްފައިވާ ދެ ދަޢުވާގެ ޖުމްލަ އުޤޫބާތަކީ 4 އަހަރުގެ މުއްދަތަށް ޖަލަށްލުމެވެ.
މި މައްސަލާގައި ސޮޖިބްގެ މައްޗަށް ދަޢުލަތުން ދަޢުވާކޮށްފައިވަނީ، ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ އާއި، ޤާނޫނުލްޢުޤޫބާތުގެ 310 ވަނަ މާއްދާގެ ދަށުން، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ޞައްޙަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ދަޢުވާއެވެ. ސޮޖިބްގެ މައްޗަށް ކޮށްފައިވާ ދެ ދަޢުވާގެ ޖުމްލަ އުޤޫބާތަކީ 4 އަހަރުގެ މުއްދަތަށް ޖަލަށްލުމެވެ.
މި މައްސަލާގައި ޙަސަން ދީދީގެ މައްޗަށް ދަޢުލަތުން ދަޢުވާކޮށްފައިވަނީ، ޤާނޫނުލްޢުޤޫބާތުގެ 310 ވަނަ މާއްދާގެ ދަށުން، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ޞައްޙަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ދަޢުވާއެވެ. މިދަޢުވާގެ އުޤޫބާތަކީ 9 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
2020 ވަނަ އަހަރު މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެގެން އައިއިރު ލަފާކޮށްފައިވަނީ ހިޔާނާތްވި ފައިސާގެ އަދަދު އަރަނީ 8 މިލިއަން ރުފިޔާއަށްކަމަށެވެ. ނަމަވެސް އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓުގައި އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުޢާމަލާތުގައި 28.3 މިލިޔަން ރުފިޔާގެ ޚިޔާނާތް ވެފައިވާކަން ވަނީ ހާމަވެފައެވެ.
މި ޚިޔާނާތް ފަޅާއެރީ އެމްޕީއެލްގެ ފައިނޭންސް ޑިޕާޓްމެންޓުން ބޭނުންކޮށްފައިވާ ތެލުގެ ރިޕޯޓް އޮގަސްޓް ފަހުކޮޅު ފޮނުވުމުންނެވެ. އެ ރިޕޯޓް ބެލުމަށްފަހު އެމްޕީއެލްގެ ތެރޭގައި ކޯވިޑް-19 ގެ ލޮކްޑައުންގެ ތެރޭގައި ގޯހެއް ހިނގާފައިވާކަން ފުރަތަމަ ފަޅާ އަރުވާލީ އިންޖިނިއަރިން ޑިޕާޓްމެންޓްގެ އެޗްއޯޑީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު ވަނީ ވިދާޅުވެފައެވެ.
މި ޚިޔާނާތުގެ މައްސަލަ މީޑިއާއަށް ތިލަކުރެއްވުމަށްފަހު އެމްޕީއެލްގެ ޗެއަރމަންގެ މަޤާމުގައި އޭރު ހުންނެވި ނަޒާކީ ޒަކީ ވަނީ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު