ގއ. ވިލިނގިލި
ގއ. ވިލިނގިލި
ގއ. ވިލިނގިލީ އޮޑިހަރުގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހަރުގޭގައި ބަންނަމުންދިޔަ ސަފާރީ އެއްކޮށް އަދާފައިވާކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، ރޭ 11:15 ހާއިރު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ، ވިލިނގިލީ އުތުރު ފަރާތުން މީހުން ނޫޅޭ ސަރަހައްދުގައި ސަފާރީއެއް ބަނުމަށްޓަކައި ހަދާފައި ހުރި ހަރުގެއެއްގައި ކަމަށެވެ. އެ ޙާދިސާގައި އެހަރުގޭގައި ބަންނަމުން ދިޔަ ސަފާރީ އެއްކޮށް އަދާފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދީފައިވެއެވެ.

ހަރުގޭގައި ރޭ ރޯވި އަލިފާންގަނޑު ކޮންޓްރޯލްވީ ހަރުގޭ ފުރާޅު އަލިފާންގަނޑުގެ މައްޗަށް ވެއްޓުމުން ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ދެނެގަނެވިފައި ނުވާކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން