ރައްޔިތުންގެ މަޖިލިހުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ހާއްސަ ކުރަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ފޮނުވައިފިއެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ފޮނުއްވި އެ ބިލްގައިވަނީ، ގާނޫނުއަސާސީގެ 71 ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށްގެން އަންހެނުންނަށް ހާއްސަކުރާ ގޮނޑީގެ އަދަދު 33 އިންސައްތައަށް ހެދުމަށެވެ.
އަދި އަންހެނުން އިންތިހާބު ކުރާނެ ދާއިރާތައް ކަނޑައަޅަން ވާނީ ގުރުއަތު ނަގައިގެން ކަމަށާއި މަޖިލިހުގެ އިންތިހާބުގައި އަންހެން މެމްބަރުން އިންތިހާބު ކުރާނެ ދާއިރާތައް ކަނޑައަޅާނީ ދާއިރާތައް ހަމަހަމަވާނެ ގޮތަށް ދައުރުވަމުންދާ ގޮތަށް ކަމަށް ބުނެފައިވެއެވެ. މި އުސޫލު ކަނޑައަޅާނެ ގޮތް ގާނޫނަކުން ކަނޑައަޅަން ވާނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެއެވެ.
މި ބިލްގައި ވާގޮތުން މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ މެމްބަރުންގެ ތެރޭގައި އަންހެނުންގެ ހިއްސާ ކަށަވަރު ކުރުމަށާއި ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް ގައުމުގެ މުހިންމު ނިންމުންތަކުގައި އަންހެނުންގެ ބަސް ހިމެނުމެވެ.
އޭގެ އިތުރުން ރައްޔިތުންގެ މެދުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތު ހުޅުވާލަދީ ސިޔާސީ މައިދާނުގައި އަންހެނުންގެ ނިސްބަތް އިތުރު ކުރުމަކީ ބިލްގެ މަގްސަދެއް ކަމަށް ވެސް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ.
ރޮޒޭނާ މި އިސްލާހްގައި ހުށަހަޅުއްވާފައިވަނީ 2029 ވަނަ އަހަރު އޮންނަ މަޖިލިސް އިންތިހާބުން ފެށިގެން އަމަލުކުރަން ފަށާގޮތަށެވެ.

I’ve submitted an amendment to the constitution to set a quota of 33% for women, starting from Majlis 2029. We, from MDP women’s wing, believe that this is a necessary step if we are to increase the number of women in parliament. Hoping to get support of all parties on this issue pic.twitter.com/UJObNctXuY
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) February 29, 2024
އޭގެ އިތުރުން ރައްޔިތުންގެ މެދުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތު ހުޅުވާލަދީ ސިޔާސީ މައިދާނުގައި އަންހެނުންގެ ނިސްބަތް އިތުރު ކުރުމަކީ ބިލްގެ މަގްސަދެއް ކަމަށް ވެސް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ.
ރޮޒޭނާ މި އިސްލާހްގައި ހުށަހަޅުއްވާފައިވަނީ 2029 ވަނަ އަހަރު އޮންނަ މަޖިލިސް އިންތިހާބުން ފެށިގެން އަމަލުކުރަން ފަށާގޮތަށެވެ.
ކިޔުންތެރިންގެ ހިޔާލު