ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް އިތުރު ލުއިތަކެއް ދިނުމަށް މި ސަރުކާރުން ޖެހިލުންވަނީ ކީއްވެތޯ، އެމަނިކުފާނު ސުވާލު އުފައްދަވައިފިއެވެ.

ޕީއެންއެފްގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ސިޔާސަތު ހުށަހެޅުމަށްޓަކައި ސިލްސިލާގޮތެއްގައި ކުރިޔަށް ގެންދާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކެންޑިޑޭޓުންނާއި ސުވާލު ކުރުމުގެ ގޮތުން ޔާމީންވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން، މި ސަރުކާރަކީ އެމަނިކުފާނުގެ ބޮޑެތި ގުރުބާނީތަކެއް ވެގެން ގެނައި ސަރުކާރެއް ކަމަށާއި އެހެންކަމުން، އެމަނިކުފާނު ޓީވީ އިންޓަވިއުތައް ދިނުމާއި ޕޯޑިއަމްތަކުގައި ވާހަކަދެއްކުންފަދަ ކަންކަމަށް ހުއްދައެއް ދިނުން އެއީ އެހާ ބޮޑު ގާނޫނީ ހުރަހެއް އޮތް ނުވަތަ އެހާ ގިނަ ބަޔަކު ކުށްވެރިކުރާ ކަމަކަށް ވާނެތޯ ރައީސް ޔާމީން ވަނީ ސުވާލު ކުރައްވާފައެވެ.

ޔާމީންގެ ވާހަކަފުޅުގައި ވަނީ، މިހާތަނަށް ވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވަނީ ކުރީ ސަރުކާރުން ދިން ލުޔެއްކަން ތަކުރާރުކޮށް ފާހަގަ ކުރައްވާފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ދުވަހާއި ހަމައަށް ޔާމީން ހުންނެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ކުށް ސާބިތުވެ ޖަލުގައެވެ. ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގެންނެވުމަށް އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޖެހިގެން އައިދުވަހު އެމަނިކުފާނު ޖަލުން ގެއަށް ބަދަލުކޮށް ރަށު ބަންދަކަށް ބަދަލު ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން