ރޯދަމަހު އިމިގްރޭޝަންގެ ޚިދުމަތްދޭ ވަގުތުތައް މޯލްޑިވްސް އިމިގްރޭޝަނުން ޢާއްމުކޮށްފިއެވެ.

އިމިގްރޭޝަނުން އިއްޔެ ބުނީ ރަމަޟާންމަހުގެ ފުރަތަމަ 20 ދުވަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހު ޕާސްޕޯޓަށް އެދުމަށް ބޭނުންވާ ފަރާތްތަކަށް "އިމުގަ" މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ކޮންމެ ވަގުތެއްގައި ވެސް ހުށަހެޅޭނެ ކަމަށެވެ.

އަދި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ފޯމް، ހެނދުނު 09:00 އިން ފެށިގެން ހަވީރު 16:00 ގެ ނިޔަލަށް ބަލައިގަަންނާނެ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.

ހަމައެއާއެކު ރަމަޟާންމަހު ޕާސްޕޯޓް ނެގުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 އިން ފެށިގެން މެންދުރު 13:00 ގެ ނިޔަލަށް ކަމަށާއި ރީޖަނަލް އޮފީސްތަކުން ޕާސްޕޯޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:05 އިން މެންދުރު 12:00 ގެ ނިޔަލަށް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ކުއްލި ހާލަތުގައި ދަތުރު ކުރުމަށް އެދޭ ފަރާތްތަކުން 9555333 އަށް ގުޅުމުން ޚިދުމަތް ފޯރުކޮށްދޭނެކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން