ފްލެޓް މައްސަލާގައި އޭސީސީން ކޮމިޓީއާ ހިއްސާކުރި ލިޔުންތަކުގައި ތަހުގީގުގެ މައުލޫމާތު ނެތް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިމޭރުމުން ވިދާޅުވެފައިވާއިރު ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލަބަލާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ކުރީ ސަރުކާރުގައި ފްލެޓް ކޮމެޓީގައި ތިއްބެވި ބޭފުޅުންނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި މި ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އިސްވެރިން ހާޟިރުކުރި ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ. އެކޮމިޓީގެ މުޤައްރިރަކީ ރޮޒައިނާ އެވެ.
ކުރީ ސަރުކާރުން ދޫކުރަން ނިންމި 4000 ފްލެޓާއި ގުޅޭގޮތުން ރާއްޖޭގެ މީޑީއާއެއްގައި ރޭ ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި އޭސީސީން ކުރި ތަހުގީގުގައި ޝަރުތުހަމަވެ މައްސަލައެއް ހުރިކަން ފާހަގަވެފައިނުވާ މީހުންގެ ލިސްޓު އާންމުކުރަންޖެހޭކަމަށެވެ.
އޭގެ އިތުރުން އޭސީސީން ކޮމިޓީއާ ހިއްސާކޮށްފައިވާ ޑޮކިޔުމަންޓްތަކުގައި ތަހުގީގުގެ މައުލޫމާތު ނެތްކަމަށާއި ނަމަވެސް އެއީ ރައްޔިތުންނާ ހިއްސާކުރަންޖެހޭނެ މަޢުލޫމާތުކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
“ރިކުއެސްޓަކީ ވީހާވެސް އަވަހަށް ލިސްޓު ނެރެފައި އެމީހަކަށް އެމީހެއްގެ ހައްގު ހޯދަން ފުރުސަތު ދެއްވާށޭ. ވަރަށް ދެރަވެފައި މީހުން ގުޅާ.” ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ފްލެޓަށް ޝަރުތުހަމަނުވާ 60 އިންސައްތަ މީހުން ތިބިކަމަށް އޭސީސީން ބުނިނަމަވެސް ކޮމިޓީން ބެލިބެލުމުން އެއީ މުޅިން ރަނގަޅުވާހަކައެއް ނޫންކަމަށެވެ. އަދި އޭސީސީ އާއި ހައުސިން މިނިސްޓްރީންވެސް ލިސްޓު އަލުން އިވެލުއޭޓްކުރުމަށް ތާއީދުނުކުރާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައިވާއިރު އޭސީސީން މި މައްސަލަ ބެލުމަށްފަހު ހައުސިންގ މިނިސްޓްރީއަށް ފޮނުވި ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ހިމެނެނީ 824 ފަރާތެކެވެ.
ކުރީ ސަރުކާރުގެ ވެރިކަމުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާކުރި ފްލެޓްތައް ބެހުމަށްޓަކަައި "ގެދޮރުވެރިން" ނަމުގައި އުފެއްދި ކޮމިޓީގެ ޗެއާމަނަކަށް ހުންނެވީ ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރު އެކޮމިޓީގެ ކޯ ޗެއާމަންގެ ގޮތުގައި ހަރަކާތްތެރިވީއިރު އެ ކޮމިޓީގައި ދެން ތިއްބެވީ މަރިޔަމް ނާޒިމާ އާއި އައިޝަތު ރާޝިދާ އަދި މުހައްމަދު އާރިފެވެ.
4000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން އޭސީސީން ކުރި ތަހުގީގަށް ފަހު ބުނީ އޭގެތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ. އަދި ކުރީ ސަރުކާރުން ފްލެޓްގެ ހައްގުވެރިންގެ ގޮތުގައި އެކުލަވާލި ދާއިމީ ލިސްޓުގައި ހިމެނޭ 20 އިންސައްތަ ފޯމުގައި މައްސަލަތައް ހުރި ކަމަށް އޭސީސީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު