މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް
މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް
ބިންވެރިޔާ ސިޔާސަތުގެ ދަށުން މާލޭ ސަރަޙައްދުން ހިއްކާ ބިންތައް މާލޭގެ އިޚްތިޞާސަށް އިތުރުކޮށްދެއްވުމަށް މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ސަރުކާރުގައި އެދިވަޑައިގެންފިއެވެ.

މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ މާލޭގެ ތޮއްޖެހުން ކުޑަކޮށް މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން މާލެއަށް އިތުރު ޖާގަ ބޭނުންވާ ކަމަށެވެ.

އެގޮތުން ގުޅިފަޅާއި، އުތުރުތިލަފަޅާއި، ގިރާވަރުފަޅާއި ހުޅުމާލެ ފޭސް ތިނެއް މާލޭގެ އިހްތިސާސްގެ ތެރޭގައި ހިމެނިގެން ދިއުމަކީ މާލޭގެ ރައްޔިތުންގެ ވަރަށްބޮޑު އެދުމެއްކަމަށް އާޒިމް ވިދާޅުވެފައިވެއެވެ. މީގެ ކުރިން އާޒިމް ވަނީ އެ ބިންތައް މާލޭގެ އިޚްތިޞާސްގައި ހިމަނައި ދެއްވުމަށް ރައީސް މުޢިއްޒުގެ އަރިހުންވެސް އެދިވަޑައިގެންފައެވެ.

އާޒިމް ރޭ ވިދާޅުވީ ކުރީ ސަރުކާރުގެ ބިންވެރިޔާ ސިޔާސަތާއި އެއްގޮތަށް މާލޭ ސަރަޙައްދުގެ ބިންތައް ހިއްކަވައިދެއްވާނެކަމަށް ރައީސް ވިދާޅުވެފައިވާތީ އެކަމާއި އުފާކުރަށްވާ ކަމަށެވެ. އަދި އެތަންތަނުގެ މަސައްކަތް އަވަހަށްނިމި މާލޭގެ ރައްޔިތުންނަށް އެބިންތައް ބޭނުންކުރެވޭނެ ގޮތް ވެގެން ދިއުމަކީ މާލޭ ރައްޔިތުންގެ އެންމެ ބޮޑު އުންމީދު ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް މިމޭރުމުން ވިދާޅުވެފައިވާއިރު ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ސަރަޙައްދުން ހިއްކާ ބިންތަކުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ މަސައްކަތް މި ސަރުކާރުން މިހާރުވަނީ އަލުން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން