ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައި ބުޅާ ފެސިލިޓީ ހަދައިދޭނެ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިޢުލާނު ކޮށްފިއެވެ.
މާލޭ ސަރަހައްދުގައި ބުޅާ ގިނަވެ ނަޖިސްވަމުންދާ މައްސަލަ ހައްލުކުރުމަށް އަޅާ މި ޝެލްޓަރގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުން އަންނަ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ސިޓީ ކައުންސިލްގެ އެޑްމިން ސެކްޝަނުގެ މީޓިން ރޫމުގައި އޮންނާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އަދި އަގު ހުށަހެޅުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ކަމަށް ސިޓީ ކައުންސިލްގެ އިޢުލާނުގައިވެއެވެ.
ބުޅާ ފެސިލިޓީ ގާއިމުކުރަން މާލޭ ސިޓީ ކައުންސިލާއި ބިން ހަވާލުކުރީ މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ.
ބުޅާ ފެސިލިޓީ ހަދަން 5000 އަކަފޫޓުގެ ބިމެއް ދިންއިރު އެ ތަން ވީހާވަސް އަވަހަށް ހަދަން ފަށަން މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން މީގެކުރިން ވަނީ ބުނެފައެވެ.
އެ ތަނުގައި ޖަނަވާރުންނަށް ފަރުވާދޭ ޑޮކްޓަރުންނާއި، ބުޅާ ކެފޭއަކާއި އަދި ބުޅަލަށް ކާންދޭ ތަކެތި ވިއްކާ ފިހާރައެއްވެސް ހުންނާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
އެ ބުޅާ ފެސިލިޓީ ހެދުމުން މާލޭގައި ދިރިއުޅޭ ބުޅާތައް އެ ތަނަށް ބަދަލުކުރާނެ އެވެ. ބެލެވިފައިވާ ގޮޮތުގައި މާލޭގައި ދިރިއުޅޭ ބުޅަލުގެ އަދަދު 3000 އަށް ވުރެ ގިނަ ވާނެ އެވެ.
މާލޭގައި ބުޅާ ފެސިލިޓީ ހަދަން ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނެވި އިރު އެވެ. އަދި އޭރު އެކަމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ވެސް ކަނޑައެޅި އެވެ.

ކިޔުންތެރިންގެ ހިޔާލު