މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް
މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް
ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ގޮނޑިތަކަށް އެމްޑީޕީގެ މެމްބަރުން ހޮވައިދިނުމަށް މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް އެދިވަޑައިގެންފިއެވެ.

އާޒިމް މާލޭގެ ރައްޔިތުންގެ ކިބައިން މިކަމަށް އެދިވަޑައިގަތީ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ރޭ ބޭއްވި "ދޮގު ދޮލަނގު ޖަލްސާ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މަޖިލީހުުގެ މާލޭގެ ގޮނޑިތަކަށް އެމްޑީޕީގެ މެންބަރުން ހޮވަންޖެހެނީ ކުރީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތަކާއި ފްލެޓްތަކުގެ މައްސަލާގައި މި ސަރުކާރުން ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް އޮޅުވާލަމުންދާތީ ކަމަށް އާޒިމް ވިދާޅުވިއެވެ.

އަދި މިހާރު ދޫކޮށްފައިވާ ގޯތިތައް ކަށަވަރުކުރުމަށްޓަކައި، މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީގެ މެމްބަރުންނަށް ދޭންޖެހޭ ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ. އެމްޑީޕީން މިހާރު ކުރާ އެންމެ ބޮޑު މަސައްކަތަކީ މާލޭގެ ރައްޔިތުންނަށް ގެދޮރު ހޯދައި ދިނުން ކަމަށާއި ރައީސް ޞާލިޙްގެ ވެރިކަމުގައި އެކަން އެންމެ ފުރިހަމައަށް ހާސިލު ނުވީ އޭރު އިދިކޮޅުން ހެދި ދޮގުތަކުގެ ސަބަބުން ކަމަށް އާޒިމް ވިދާޅުވިއެވެ.

ހެޔޮ ހިތަކާއިގެން މާލޭގެ ރައްޔިތުންނާއި ދަފުތަރުގެ ރައްޔިތުންނަށް ބިން ޔަގީންކޮށް ދެއްވީ ކުރީގެ ރައީސް ޞާލިޙް ކަމަށާއި އެމްޑީޕީގެ ފިކުރާއި ސިޔާސަތަކީ ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައި ދިނުން ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް މިމޭރުމުން ވިދާޅުވެފައިވާއިރު ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ސަރަޙައްދުން ހިއްކާ ބިންތަކުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ މަސައްކަތް މި ސަރުކާރުން މިހާރުވަނީ އަލުން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން