މާލޭ ސޯސަން ޖަންގްޝަންގައި ހުރި ހ.ސަންގުރޭޒްގެ ފުރަތަމަ ފަންގިފިލާގައި ރޯވި އަލިފާން ގަނޑު އެމްއެންޑީއެފުން ކޮންޓްރޯލް ކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މަޖީދީމަގު، އިބްރާހީމް މިސްކިތް ކައިރީގައި ހުރި އިމާރަތެއްގެ މަތީގައި ކަމަށެވެ. އަދި 18:23 ހާއިރު ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާ ހިނގާފައިވަނީ ބިދޭސީން ދިރިއުޅެމުންދިޔަ ތަނެއްގައެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވީ، އެ އިމާރާތުގައި ހުރި އަވަނެއް އޯވަ ހީޓްވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ބިދޭސީއެއްގެ ފައި ހަލާކުވެ، ދުމުގެ އަސަރުކޮށް، ދުވަސްވީ އުމުރުފުރާގެ ދެ ދިވެއްސަކަށް އޭޑީކޭގައި ފަރުވާދެމުންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން