މިއީ އިސްރާއީލުން ހައްޔަރު ކުރި ފަލަސްތީނުގެ އަންހެނެއް ކަމަށްވާ ނަބީލާ އަށް ކުރިމަތިލާން ޖެހުނު ހިތްދަތި ތަޖުރިބާއެއްގެ ވާހަކައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ގާޒާ ސިޓީގައި ގާއިމުކޮށްފައި ހުރި އދ ގެ ސްކޫލަކުންނެވެ.

ނަބީލާ ބުނިގޮތުން އިސްރާއީލު ސިފައިން އޭނާ ހައްޔަރު ކުރުމުގެ ކުރިން އދ ގެ އެ ސްކޫލަކީ އޭނާ ފަދަ ވަންނާނެ ތަނެއް ނެތިފައި ތިބި އެތަކެއް ފަލަސްތީނު ރައްޔިތުންނަކަށް ރައްކާތެރި ތަނެކެވެ. ނަމަވެސް މި ރައްކާތެރިކަން ބިރުވެރިކަމަކަށް ބަދަލުވެގެން ދިޔައީ އިސްރާއީލު ސިފައިން ހަތިޔާރާއެކު އެސްކޫލު ތެރެއަށް ވަދެއް ބިރު ދައްކައި އޭނާ އާއެކު އެތަކެއް މައުސޫމް އާންމުންނެއް ހައްޔަރު ކުރުމާއެކުއެވެ.

އިސްރާއީލު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިއުމާއެކު ދެން އިވެމުންދިޔައީ ބިރުވެރި އަމުރުތަކެއްކަމަށް ނަބީލާ އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ކިޔައިދިނެވެ.

ބައިނަލްއަގުވާމީ މީޑިއާއަކަށް ނަބީލާ އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން، ނަބީލާ އާއެކު ގިނަބަޔަކު ރައްކާތެރި ބޯހިޔާވަހި ކަމެއް ހޯދަމުންދިޔަ ގާޒާ ސިޓީގެ އދ ގެ ސްކޫލަށް އިސްރާއީލު ސިފައިން ވަދެ، އެމީހުންގެ ބެލުމުގެ ދަށަށް ގެނައި ފަލަސްތީނުގެ ރައްޔިތުން ހެދުން ބާލަން އަމުރުކޮށް، ސްޓްރިޕް ސާޗް ކުރުމަށްފަހު ސްކޫލުން ނެރިގެން ގެންދިޔަ ކަމަށް ނަބީލާ ބުންޏެވެ. އަދި އިސްރާއީލުގެ ބަންދުގައި ހަ ހަފްތާ ވޭތުކުރި އިރު ހައްޔަރު ކުރި މީހުންނަށް އިސްރާއީލު ސިފައިން ތަކުރާރުކޮށް އަނިޔާކުރުމާއި ސުވާލުކުރުން ކުރިއަށްގެންދިޔަ ކަމަށްވެއެވެ.

"އިސްރާއީލްގެ ސިފައިން ވަރަށް ހަރުކަށިކޮށް، އަހަރެމެން ގައިގައި ތަޅައި ހަޅޭއްލަވައިހެދި. އަހަރެމެންގެ މީހަކު އިސްއުފުލައި ބަލައިލައިފިނަމަ، ނުވަތަ އެއްވެސް ބަހެއް ބުނެފިނަމަ އެމީހުން އަހަރެމެންގެ ބޮލުގައި ތަޅާ އަނިޔާ ކުރޭ."

އިސްރާއީލާއި ހަމާސް ހަނގުރާމައިގެ ތެރޭގައި އިސްރާއީލު ސިފައިން ޣައްޒާއިން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުން ވަނީ ހައްޔަރުގައި ބަހައްޓައިގެން އިސްރާއީލު ސިފައިންގެ ފަރާތުން ތަޖުރިބާ ކުރެވުނު ލާއިންސާނީ އަމަލުތަކާއި، އިންސާނިއްޔަތާއި ހިލާފަށް ދެމުންދާ އަނިޔާތަކުގެ ވާހަކަ އެތައް ފަހަރެއްގެ މަތިން ދައްކަމުންދާއިރު އިސްރާއީލުން ބަންދުކޮށްފައި ތިބީ ކިތައް އަންހެނުން ނުވަތަ ކުޑަކުދިން ކަމެއްވެސް ނޭނގެ އެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުން އިސްރާއިލުން ވަރުގަދަ ކޮށްފައިވާ ހަމަލާތަކާއިއެކު، ކުށެއްނެތް މައުސޫމު އާންމުން އިސްރާއިލްގެ ބެލުމުގެ ދަށަށް ގެނެސް ބަންދުކުރުންވަނީ އާންމު ކަމަކަށްވެފައެވެ. އަދި މިފަދައިން ހައްޔަރުކުރާ މީހުންނާއިމެދު، އިސްރާއީލްގެ ސިފައިން އަމަލުކުރަމުންދާ ގޮތާއިމެދު ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާއިބެހޭ ފަރާތްތަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާއި ގުޅިގެން އިސްރާއީލް ސިފައިން ބުނަނީ ހައްޔަރުކުރާ ކޮންމެ މީހަކުވެސް އެމީހަކު ލައިގެން ހުންނަ ހެދުން ބާލުވައި ބަލާ ފާސްކުރާ ކަމަށެވެ. އަދި ހައްޔަރަށް ގެނެވޭ މީހުންގެ އެއްވެސް ކުށެއްނެތިއްޔާ ގައްޒާއަށް ދޫކޮށްލާކަމަށް އިސްރާއީލުން ބުނިނަމަވެސް، އިސްރާއީލްގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައިތިބި ކުށެއްނެތް ފަލަސްތީނުގެ އާންމުންގެ އަދަދު މަދެއްވެސް ނޫނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން