އެމްޑީޕީގެ ސަރުކާރުގައި ހެދިކަމަށް ބުނާ ސިއްރު އެއްބަސްވުންތައް ހާމަކުރަން އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި ދޮލަނގަށް ލައިގެން ވިއްކި އެއްޗެހީގައި ފުޅަ އަޅާފައިވާ ކަމަށެވެ.

އަދި އެއީ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

އެގޮތުން ރާއްޖޭގައި ހަތިޔާރު އަޅައިގެން ހާހުން ސިފައިން ތިބިކަމަށް އޭރު ބުނި ކަމަށާއި އަދި ހަނިމާދޫއަށް އައިސް ތިބީ ސިފައިން ކަމަށް ބުނެ ބަޔަކު ފޮޓޯތަކެއް ނަގައިގެން ވެސް ބޮޑު ހައިޖާނު ގަނޑެއް ހިންގި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

އޭގެ އިތުރުން ސިއްރު އެގްރިމަންޓްތަކެއް މި ސަރުކާރުން ހަދައިގެން އުޅުނު ކަމަށް ވެސް އޭރު ހަބަރު ފެތުރި ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެކަމަކު އޭރުވެސް ރާއްޖޭގައި ހަތިޔާރު އެޅި ސިފައިން ނުތިބޭނެ ކަމަށް ވިދާޅުވަމުން ގެންދެވި ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުގާލަަށް އަސަރުކުރާ ފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށެވެ،

"އެ ބޭފުޅުން ވިދާޅުވީ ނޫނެކޭ. ހުރިހާ އެއްޗެއް ފޮރުވައިގެންނޭ ތިތިބީ. އަޅުގަނޑު ޖަދަލުކޮށްފައި އެ ބޭފުޅުންނަށް މި ދަންނަވަނީ އެ ބޭފުޅުން ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ 100 ދުވަހަށް ވުރެ ގިނަ ދުވަސް ވެގެން މި ދިޔައީ ތިޔަ އެގްރިމަންޓްތައް ދައްކަވާށޭ." ޝާހިދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން