2024 މަޖިލީސް އިންތިޚާބުގައި ވާދަ ކުރަށްވާ ބައެއް މެންބަރުން
2024 މަޖިލީސް އިންތިޚާބުގައި ވާދަ ކުރަށްވާ ބައެއް މެންބަރުން
ޕާޓީ ބަދަލު ކުރުމުން އިންތިޚާބީ މަޤާމުތައް ގެއްލޭ "އެންޓި-ޑިފެކްޝަން ބިލު" މަޖިލީހުގެ މެންބަރުންނާއި، ކައުންސިލަރުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުނަށްވެސް ތަންފީޒު ކުރެވޭ ގޮތަށް މަޖިލީހަށް ހުށައަޅައިފިއެވެ.

އިދިކޮޅު އެމްޑީޕީން މި ބިލު މަޖިލީހަށް ހުށައަޅާފައިވާކަން ހާމަކޮށްފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން އެވެ.

ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށައެޅުއްވި މިބިލުގެ ތަފްސީލް ދެއްވަމުން ޙިސާން ވިދާޅުވީ މީގެ ކުރިން ޢަމަލުކުރި އެންޓި ޑިފެކްޝަން ޤާނޫނާއި މިފަހަރު އަލަށް ހުށައެޅި ބިލުގެ އެންމެ ބޮޑު ތަފާތަކީ ޕާޓީން ބޭނުންވެގެން މެންބަރަކު ވަކިކޮށްފިނަމަ އެމެންބަރެއްގެ ރީކޯލްވޯޓަކަށް ދިއުމަށް އިލެކްޝަންސް ކޮމިޝަނަށް ލާޒިމުވުން ކަމަށެވެ.

އޭގެ އިތުރުން މެންބަރެއް ވަކިކުރުމަށް ޕާޓީން ނިންމި ނަމަވެސް ދާއިރާގެ ރައްޔިތުންގެ ތާޢީދު މެންބަރަށް އޮތްނަމަ ގޮނޑި ނުގެއްލޭނެ ކަމަށް ޙިސާން ވިދާޅުވިއެވެ. އެހެންކަމުން މެންބަރުންގެ މައްޗަށް ޕާޓީގެ ފުލް ކޮންޓްރޯލް ނޯންނާނެ ކަމަށް ޙިސާން ވިދާޅުވިއެވެ.

ޙިސާން ވިދާޅުވީ ބިލުގައި އޮޓަމެޓިކުން މެންބަރުކަން ގެއްލޭނެ ހަމައެކަނި ޙާލަތަކަށް އޮތީ އަމިއްލައަށް ޕާޓީން ވަކިވުމާއި، ޕާޓީ ބަދަލު ކުރުން ކަމަށެވެ. އޭގެ އިތުރުން އަމިއްލަގޮތުން ހޮވުނު މެންބަރަކުވެސް ދައުރުގެ ތެރޭގައި އެހެން ޕާޓީއަކަށް ސޮއިކޮށްފިނަމަ އިންތިހާބުވި މަގާމު ގެއްލޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އެންޑީޕީން މިބިލު މަޖިލީހަށް ހުށައަޅާފައިވާއިރު 18 ވަނަ މަޖިލީހުން ފާސްކޮށް ޢަމަލު ކުރަމުން ދިޔަ "އެންޓި ޑިފެކްޝަން ޤާނޫނު" 19 ވަނަ މަޖިލީހުން ވަނީ އުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން