ފެނަކަ ކޯޕަރޭޝަންގައި މިވަގުތު އަމިއްލަ އުޅަނދެއްނެތް ކަމަށާއި، ދަތުރުފަތުރަށް އެކަނިވެސް އަހަރަކު 100 މިލިއަން ރުފިޔާ ޚަރަދު ކުރާކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
މުޢާޒް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ބ. ކެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެޖަލްސާގައި ވާހަކަ ދައްކަވަމުން މުއާޒު ވިދާޅުވީ ފެނަކަ ކޯޕަރޭޝަނުން ޓްރާންސްޕޯޓް ހިދުމަތް ހޯދައިގެން ވެސް ހިންގާފައިވަނީ ބޮޑު ޚިޔާނާތެއް ކަމަށާއި، މިދިޔަ އަހަރު އެކަނިވެސް ހަމައެކަނި ޓްރާންސްޕޯޓަށް 117 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
މުއާޒް ވިދާޅުވީ ފެނަކައިން ކޮންމެ އަހަރަކުވެސް އެވްރެޖްކޮށް 100 މިލިއަން ރުފިޔާ ޓްރާންސްޕޯޓަށް ހޭދަކުރާ ކަމަށެވެ.
"ފެނަކައިގަ ނެތް ދޯންޏެއް، ފެނަކައިގަ ނެތް ލޭންޑިން ކްރާފްޓެއް. މިއީ ހާލަތު. ބޮޑު އަގުގައި ދެނީ، ނާޖާއިޖުކޮށް ދެނީ، މީހުންނަށް ވިޔަފާރިތައް ދެނީ." މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ ކުންފުނީގެ ހަރަދު ކުޑަކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށާއި، މިސަރުކާރުން ފެނަކަ ކޯޕަރޭޝަން ސަލާމަތް ކުރާނެ ކަމަށެވެ. އެގޮތުން މިހާރު ފާހަގަވެފައިހުރި ކުރީގެ މެނޭޖްމަންޓްގެ މައްސަލަތައް ލަސްތަކެއްނުވެ އޭސީސީއަށް ފޮނުވާނެ ކަމަށް މުއާޒް ވިދާޅުވިއެވެ.
"ލަސްތަކެއްނުވެ އޭސީސީއަށް ފޮނުވާނަން. މިއީ ދިވެހި ރައްޔިތުންނަށްވި ވަރަށް ބޮޑު ހިޔާނާތެއް،" މުއާޒު އިތުރަށް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު