ފެނަކަ އޮތީ ބަނގުރޫޓްވެފައި ކަމަށާއި، އެކުންފުނީގައި 4.3 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
މުޢާޒް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ބ. ކެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެޖަލްސާގައި މުއާޒު ވިދާޅުވީ ފެނަކަ ކޯޕަރޭޝަނުގެ ދަރަނީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ އެބައޮތް ކަމަށާއި، އޭގެ ތެރެއިން ދެ ބިލިއަން ރުފިޔާއަކީ އެސްޓީއޯއަށް ދޭންޖެހޭ ފައިސާ ކަމަށެވެ. އަދި ސަބްސިޑީގެ ތެރެއިން އެއް އަހަރުގެ އެޑްވާންސްގެ ސަބްސިޑީޒް ވެސް ފެނަކައިން މިހާރު ނަގާފައިވާކަމަށް މުއާޒް ވިދާޅުވިއެވެ.
"މިކުންފުނި ބަނގުރޫޓްވެފައި މިއޮތީ. 4.3 ބިލިއަން ރުފިޔާގެ ދަރަނި އަޅުގަނޑުމެންގެ ބޮލުގައި މިއޮތީ އެޅިފައި." ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހުންނަވާ މުއާޒް ވިދާޅުވިއެވެ.
މުއާޒް ވިދާޅުވީ ފެނަކައިން އެސްޓީއޯ އަށް 2019 ވަނަ އަހަރުން ފެށިގެން އެއްވެސް ފައިސާއެއް ދީފައިނެތް ކަމަށެވެ. ނަމަވެސް މިހާރު އެފައިސާ ދިނުމުގެ މަސައްކަތް ފަށާފައިވާކަމަށް މުއާޒު ވިދާޅުވި އެވެ.
ފެނަަކައިން ރަށްރަށުގައި ބިނާކުރަމުންދާ 60 އޮފީސް ޕްރޮޖެކްޓް ހުއްޓިފައިވާކަން ފާހަގަ ކުރަށްވަމުން މުއާޒު ވިދާޅުވީ، މިހާތަނަށް ނިމިފައިވަނީ 45 ޕްރޮޖެކްޓް ކަމަށެވެ. އޭގެ ތެރެއިން ބައެއް މަސައްކަތްތައް އެސްޓިމޭޓެއް ނުހަދާ ކުރިއަށް ގެންދާއިރު، 23 މިލިއަން ރުފިޔާއަށް ޢިމާރާތްކުރެވޭ އޮފީސް އިމާރާތަކަށް 55 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށާއި، ޖުމްލަކޮށް އެމަޝްރޫޢުތަކަށް މިހާތަނަށް އެއް ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.
"އިންހައުސްކޮށް ކުރީގެ މެނޭޖްމަންޓުން، ސަރުކާރުން ހިންގާފައި އޮތީ ވަރަށް ބޮޑު ޖަރީމާއެއް." މުއާޒު ވިދާޅުވި އެވެ.
އެކަމުގެ ކުޑަ މިސާލެއް ދައްކަވަމުން މުއާޒް ވިދާޅުވީ، ގދ. މަޑަވެލި ހޯނޑެއްދޫގައި ސީޕީއެސް އަޅަން 22 މިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް އެރަށުގައި ހުރީ ހަމަ އެކަނި ވަޅުގަނޑެއް ކަމަށެވެ.
"ބާވީސް މިލިއަން ރުފިޔާ ހަރަދުކޮށްފި. އެކި ނަންނަމުގައި މުސާރަތައް ދިނުމަށްޓަކައި، ކާންދިނުމަށްޓަކައި، ކެއިންބުއިމުގެ ކަންތައްތައްވެސް ހަމަ ހިތަށްއެރި ގޮތަކަށް ކޮށްފައި އޮތީ." މުއާޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއާޒް ވިދާޅުވީ، ފެނަކައިގެ ނަން އިވުމުންވެސް އާއްމުންގެ ހިތަށް މިހާރު ސިފަވަނީ ކޮރަޕްޝަން ކަމަށެވެ. އަދި އެކުންފުނީގެ މުއައްޒަފުންނަކީ އެއްވެސް ޒިންމާދާރުކަމެއް ނެތި، އުޅޭ ބައެއްގެ ގޮތުގައި އާއްމުން ފާހަގަ ކުރާ ކަމަށް މުއާޒް ވިދާޅުވިއެވެ.
ނަމަވެސް މި ސަރުކާރުން މި ހާލަތު ބަދަލު ކުރާނެ ކަމަށާއި، އެކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މުއާޒް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު