ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން ވަޙީދު
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން ވަޙީދު
ގަވާއިދާ ހިލާފަށް އުޅުނު 817 ބިދޭސީން މިސަރުކާރުން ފުރުވާލާފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން ވަޙީދު ވިދާޅުވެއްޖެއެވެ.

ޝައްމާން އިއްޔެ ވިދާޅުވީ، ރައީސް މުޢިއްޒުގެ ވެރިކަމުގައި ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަށް ޓާސްކް ފޯހެއް އުފައްދަވާފައި ކަމަށެވެ. އެގޮތުން އެ ޓާސްކްފޯހުން މިހާތަނަށް 22 އޮޕަރޭޝަނެއް ހިންގާފައިވާއިރު، ފުލުހުންނާ އިމިގްރޭޝަން ގުޅިގެން 15 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ޝައްމާން ވިދާޅުވިއެވެ.

ޝައްމާން ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޤައުމަށް ފޮނުވާލުމުގެ ޕްރޮގްރާމްގެ ދަށުން މި ސަރުކާރުން މިހާތަނަށް ފުރުވާލި 817 މީހުންގެ ތެރޭގައި ހިމެނެނީ ރީ-އިންޓަރގްރޭޝަން އޮޕަރޭޝަންގެ ދަށުން ފުރުވާލި 527 ބިދޭސީންނާއި، ޑީޕޯޓް ކޮށްލި 290 މީހުން ކަމަށެވެ.

އަދި ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމުގައި މިދިޔަ 3 މަސް ދުވަހުގެ ތެރޭގައި ރަނގަޅު ކުރިއެރުމެއް ހޯދިފައިވާކަމަށް ޝައްމާން ވިދާޅުވިއެވެ.



ޝައްމާން މިހެން ވިދާޅުވެފައިވާއިރު ދާދިފަހުން ހޯމް ލޭންޑު ސެކިއުރެޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ ބިދޭސީންގެ މައްސަލަ ހައްލުނުކޮށް ތިބެން، ދެން އިތުރަށް ދެއްކޭނެ ބަހަނާއެއް ނެތްކަމަށެވެ. އެގޮތުން ބިދޭސީން މިހާރު ދަނީ ކުށުގެ ވެށީގައި އިންތިޒާމުވެގެން ޙަރަކާތްތެރިވަމުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން