ވިލިމާލޭގައި ފައިބަރުގެ މަސައްކަތްކުރާ މީހުންނަށް ޚާއްސަކޮށް ތިލަފުށިން ބިމެއް ހަމަޖައްސައިފިއެވެ.
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވީ ވިލިމާލޭގައި ފައިބަރުން އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރާ މީހުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ތިލަފުށިން އެމަސައްކަތަށް ޚާއްސަ ސަރަހައްދެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން އެމަސައްކަތަށް ޚާއްސަކޮށް 30،000 އަކަފޫޓުގެ ބިން ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.
"މީ 11 ވަނަ ހަފްތާގައި ހާސިލްކުރެވުނު ވައުދެއް. ވިލިމާލޭގައި ފައިބަރު އޮޑިދޯނިފަހަރު މަސައްކަތްކުރާ ފަރާތްތަކަށް ތިލަފުށީގެ އެތެރެފަޅުން ހިއްކާފައިވާ ސަރަހައްދުން އޭރިޔާ-އީ އެމަސައްކަތަށް ޚާއްސަކޮށް 30،000 އަކަފޫޓުގެ ބިން ވަނީ ކަނޑައަޅާފައި." މިނިސްޓަރ މިއަދު ވިދާޅުވިއެވެ.
ވިލިމާލޭގެ ހުޅަނގު ދެކުނު ފަރާތުގައި މިހާރު ހަދާފައިވާ ފައިބަރު ބޯޓްޔާޑު އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ، ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތަށް ބޯޓު ޔާޑު މިހާރު ހުރި ހުޅަނގު ދެކުނު ފަރާތް ބޭނުން ކުރަން ޖެހުމުންނެވެ.
އެގޮތުން އެ މަސައްކަތް ކުރުމަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުން ބިމެއް ހަމަޖެއްސުމަށްވެސް މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން މަސައްކަތް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު