ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު (މ).
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު (މ).
ސަރުކާރުން ދަނީ މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ނުދޭން ތަފާތު ބަހަނާތައް ދައްކަމުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ފަލާހުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މިސަރުކާރަށް ތިން މަހަށްވުރެ ގިނަދުވަސްވީއިރު މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ހަވާލުނުކުރެވެންވީ ސަބަބެއް ނެތްކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން ގުޅީފަޅާއި ގިރާވަރުފަޅާއި ހުޅުމާލެއިން އިތުރަށް ބިން ހިއްކައިގެން އެމަސައްކަތް ކޮށްފައިވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ނަމަވެސް މިހާރު އެމަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި ގޯތިތަކާއި ފްލެޓްތައް އޭގެ ހައްގުވެރިންނަށް ނުދޭން ތަފާތު ބަހަނާތައް މިސަރުކާރުން ދައްކަމުންދާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

އެގޮތުން ކެމްޕެއިން ތެރޭގައި އެއްވެސް ރައްޔިތަކު އެމީހަކަށް ލިބިފައިވާ ބިންކޮޅު ދޫކޮށްލަން ނުޖެހޭނެ ކަމަށް ވިދާޅުވި ނަމަވެސް މިހާރު ޢަމަލު ކުރަށްވަމުން ގެންދަވަނީ ދިމާ އިދިކޮޅަށް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

“ހައުސިން މިނިސްޓްރީން މިހާރު ސިޓީ ކައުންސިލަށް ސިޓީ ފޮނުވާފައިވަނީ އޭގެ ދިމާ އިދިކޮޅަށް. ބިންކޮޅެއް ލިބިފައިވާނަމަ އެ ބާތިލުކުރެވޭނެކަމަށް. މިހާރު އެއޮތީ އޮޅުވާލުން އިންތިހާއަށް.”

ރައީސް ޞާލިޙް ރޭ ވިދާޅުވީ ސަރުކާރުން މާލޭ ރައްޔިތުންނަށް އޮޅުވާލަމުންދަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ސަރުކާރުން ބޭނުންގޮތަކަށް ގޯތި ލިސްޓް ބަދަލުކޮށް އެއަށް ބޭނުންވާ ބަދަލު ގެނައުމަށް ކަމަށެވެ.

ރައީސް ޞާލިހު މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު މިސަރުކާރުން ބުނަމުންދަނީ އަދި ނުހިއްކާ ނުވަތަ ވުޖޫދުގައި ނެތް ބިންތަކުން ދޫކޮށްފައިވާ ގޯތީގެ ރަޖިސްޓްރީ ނުވަތަ ލިއުން ހަވާލުކޮށް ނިމިފައިވާ ކަމަށެވެ. އަދި ރައީސް ޞާލިހު ދެއްވި ފްލެޓްތައް ހަވާލު ނުކުރެވި ވަނީ އޭސީސީން އެފްލެޓްތަކާ ގުޅޭ މައްސަލަތަކެއް ބަލާތީ ކަމަށް ސަރުކާރުުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު


2

ވިލޭައަލި

13-Mar-2024

ފިތުނަ އުފެއްދޭތޯ ތިޔަ އުޅެނީ



ޓްރެންޑިން