ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޮތް ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ސަޕޯޓަރުންނާއި ބައްދަލުކުރެއްވިއިރު އެކަން ކަރެކްޝަނަށް އަންގާފައި ނުވާކަމަށް ބުނެފިއެވެ.
ގޭބަންދުގައި މިވަގުތު ހުންނެވި ކުރީގެ ރައީސް ޔާމިން ރޭ ބައިވެރިވެވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް އަހުމަދު ލަތީފްގެ ފަރާތުން ބޭއްވި މާހެފުމެއްގައެވެ.
ކުރީގެ ރައީސް ޔާމީން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) މިހާތަނަށް ރެޖިސްޓްރީ ކޮށްފައި ނުވި ނަމަވެސް އެ ޕާޓީގެ ތާއިދާއެކު މަޖިލީހުގެ އިންތިހާބަށް ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރަށްވައެވެ. އޭގެ ތެރެއިން ރޭ ވަނީ ހުޅުމާލޭ އުތުރު ދާއިރާއަށް ވާދަކުރައްވާ އަހްމަދު ލަތީފްގެ ކެމްޕޭން ޖަގަހަ އެއް ވެސް ހުޅުވާފައެވެ.
ރޭގެ ކެމްޕޭން ހަރަކާތުގައި ޔާމިންގެ އިތުރުން ކުރީގެ ނައިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ޔާމިންގެ ދަރިކަލުން އަދި ޕީއެންއެފްގެ އެއް މުއައްސިސް ޒޭން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރޭގެ ޖަލްސާގައި ޔާމިން ބައިވެރިވެވަޑައިގަތަސް އެމަނިކުފާނު ވާހަކަފުޅެއް ނުދައްކަވައެވެ. އެހެން ނަމަވެސް ސަޕޯޓަރުންނާއި ބައްދަލުކުރަށްވައި ޔާމިން ވާހަކަފުޅު ދައްކަވައި ހެއްދެވިއެވެ.
ޔާމީން ބައިވެރިވެވަޑައިގެންނެވި ހަރަކާތާ ގުޅޭ ގޮތުން ކަރެކްޝަނުން ބުނީ އެފަދަ ހަރަކާތެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާކަން އަންގަވާފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު