ރޯދަމަސް ފާހަގަކުރުމުގެ ގޮތުން ޖަރުމަނުގެ ފްރެންކްފަރޓް ސިޓީގައި ބޮކިފަތި ދިއްލައިފިއެވެ.

ޖަރުމަނުގެ މީޑިއާ ތަކުން ރިޕޯޓު ކުރާ ގޮތުން މިއީ އެގައުމުގައި ރޯދަމަސް އައުން ފާހަގަކުރުމުގެ ގޮތުން ބޮކިފަތި ދިއްލައި މިހާ ކުލަގަދަ ކުރި ފުރަތަމަ ފަހަރެވެ.

އެގޮތުން އާއްދީތަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ބޮޑު އަކުރުން "ހެޕީ ރަމަޟާން" ލިޔެފައިވާ ބޮޑު ނިޝާނަކާއި، ތަރި، ލެންޓާންސް އަދި ހަނދުތަކުގެ ބައްޓަމަށް ހުރި ލައިޓްތަކެއް ދިއްލާލައި، ރެސްޓޯރެންޓްތަކާއި ކެފޭތަކުން ފުރިފައިވާ ގިނަ ބަޔަކު ހިނގާބިނގާވެ އުޅޭ މަގެއް އަލިކޮށްފައިވެ އެވެ.

މިކަމާ ގުޅިގެނ މޭޔަރ ނަރްޖެސް އެސްކަންޑަރީ-ގްރޫންބަރގް ވިދާޅުވީ މިކަމުން ދައްކުވައިދެނީ "ފްރެންކްފަރޓްގެ ހުރިހާ ރައްޔިތުން ސުލްހަވެރިކަމާއެކު އެއްތަނެއްގައި އުޅެވޭނެ" ކަމުގެ ރީތި ނަމޫނާއެއް ކަމަށެވެ.

750،000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ޖަރުމަނުގެ ފްރެންކްފަރޓް ސިޓީގައި ގާތްގަނޑަކަށް 100،000 އެއްހާ މުސްލިމުން ދިރިއުޅެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފްރޭންކްފަރޓް ސިޓީގައި ރޯދަމަސް އައުން ފާހަގަކުރުމުގެ ގޮތުން ދިއްލާލި ލައިޓްތަކަށް 75،000 ޔޫރޯ (82،000 ޑޮލަރު) ހަރަދުވިއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން