އެސްޓީއޯ ކާޑު ގުދަން (ފޮޓޯ: ސޯޝަލް މީޑިއާ)
އެސްޓީއޯ ކާޑު ގުދަން (ފޮޓޯ: ސޯޝަލް މީޑިއާ)
މިދިޔަ މަހު ޖުމްލަ 68247 ބަސްތާ ކާޑުގެ ބާވަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދީފައިވާ ކަމަށް އެސްޓީއޯ އިން ހާމަކޮށްފިއެވެ.

އެސްޓީއޯ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ޖުލައި މަހު އެ ކުންފުނިން ވަނީ، އަތޮޅުތެރެއިން ލިބުނު 398 އޯޑަރަށް ޖުމްލަ 28،124 ބަސްތާ ކާޑުގެ ބާވަތްތައް ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 11559 ބަސްތާ ހަނޑުލާއި، 3543 ބަސްތާ ހަކުރާއި، 13022 ބަސްތާ ހަނޑޫ ކަމަށް އެސްޓީއޯ އިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން މިދިޔަމަހު މާލެ ސަރަހައްދުން 2034 އޯޑަރު ލިބިފައިވާކަމަށާއި، ޖުމްލަ 40123 ބަސްތާ ކާޑު މާލެ ސަރަޙައްދަށް ފޯރުކޮށްދިންކަމަށް އެސްޓީއޯ އިން ބުނެއެވެ. އެއީ، 21542 ބަސްތާ ހަނޑުލާއި، 4574 ބަސްތާ ހަކުރާއި، 14007 ބަސްތާ ފުށް ކަމަށް އެސްޓީއޯގެ ތަފާސް ހިސާބުގައި ވެއެވެ.

އެސްޓީއޯ އިން މިދިޔަ މާޗު މަހުގެ ތެރޭގައި ވަނީ، އިތުރު 10 މަސްދުވަހަށް ބޭނުންވާ ވަރަށް ހަނޑުލާއި ހަކުރުގެ އިތުރުން، ފަސް މަސްދުވަހަށް ވާ ވަރަށް ފުށް ރާއްޖެ ގެނެސްފަ އެވެ. އަދި ރައްޔިތުންނަށް ދަތިނުވާ ވަރަށް ހުރިހާ ރަށެއްގައި ކާޑުގެ ބާވަތްތައް އިތުރަށް ލިބޭނެ އިންތިޒާމް ވެސް އެކުންފުނިން ހަމަޖައްސާފައިވެ އެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖެ އިން ކާޑުގެ ބާވަތްތައް ހުސްވެދާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމާގުޅިގެން ބައެއް ފަރާތްތަކުން ގެއަަށް އެތައް މަހަކަށް ވާ ވަރަށް ކާއެއްޗިހި ވައްދާފައިވެއެވެ. އެހެން ނަމަވެސް އެސްޓީއޯ އިން އެދިފައިވަނީ އެގޮތަށް ކާޑު ގޭގޭގައި ގުދަން ނުކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން