އިއްޔެވެސް މާލޭގެ މަގުމަތިން ގިނަ އަދަދެއްގެ ކުނި ނަގައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އިއްޔެވެސް ހުޅުމާލެ، ވިލިމާލެ ނުލައި މާލެއިން އެކަނި 38 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ.
އެގޮތުން 0.35 ޓަނުގެ 14 ޕިކަޕާއި، 1.4 ޓަނުގެ ޕިކަޕާއި ދެ ޓަނުގެ 14 ޕިކަޕް އަދި ހަތަރު ޓަނުގެ ޕިކަޕުގެ ކުނި އިއްޔެ ނެގި ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
މިދިޔަ އާދިއްތަ ދުވަހު ވެސް މާލެއިން އެކަނި 59.6 ޓަނުގެ ކުނި ނެގި އެވެ.
މާލެ ސިޓީ ކައުންސިލްގެ މީީޑިއާ އޮފިޝަލް "ރަސް އޮންލައިނަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ ގިނަ އަދަކަަށް ސޯފާއާއި ދޮންނަ މެޝިނު ފަދަ ތަކެތި މަގުމަތިން ނެގި ކަމަށެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިދިޔަ 15 ދުވަސްތެރޭ 200 ޓަނުގެ ކުނި މާލެ ތެރެއިން ނެގިފައިވާ ކަމަށެވެ. އެއީ 25 ފޫޓުގެ 8 ކޮނޓޭނަރުގެ ކުނިކަން އާޒިމް ފާހަގަ ކުރެއްވި އެވެ.
އާޒިމް ވަނީ މާލޭ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު