އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބްގެ ދައުރު ހަމަވެ ކޮމިޝަންގެ މެންބަރުކަމުން ވަކިވެ ވަޑައިގެންފި އެވެ.

ޙަބީބުގެ ދައުރު ހަމަވެފައިވާއިރު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ މަގާމު ދެ ދައުރެއްގައި ވަނީ ފުުރުއްވައިފަ އެވެ. ގާނޫނުގައި ބުނާ ގޮތުން އީސީގެ މެމްބަރުކަން ކުރެއްވޭނީ ގިނަ ވެގެން ދެ ދައުރަށެވެ.

އެއާއެކު ހަބީބް މިއަދު ވަނީ މެންބަރުކަމުގެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު އެ ކޮމިޝަނުން ނިކުމެވަޑައިގެންފަ އެވެ.

"އާންމު އިންތިހާބުތައް ރާވައި ހިންގުމުގައި، އިންތިހާބުތަކާ ބެހޭ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުންނާއި ކޮމިޝަންގެ މެމްބަރެއްގެ ގޮތުން ރައްޔިތުންނަށް ހިދުމަތް ކުރަން ލިބުނު 21 އަހަރަކީ ދެމިހުންނާނެ ތަޖުރިބާއެއް. މި ހިނދުގައި ލޮބުވެތި ރައްޔިތުންނާއި ކޮމިޝަންގެ މުވައްޒަފުންނާއި މެމްބަރުންނާއި މުއައްސަަސާތަކުންނާއި ޕާޓީތަކުންނާއި ނޫސްވެރިން އަޅުގަނޑަށް ދެއްވި އިތުބާރާއި އިއުތިމާދަށް ޝުކުރު މި ދަންނަވަނީ ހިތުގެ އެންމެ އަޑިން ނެވެ." ހަބީބް މިއަދު ފޮނުއްވި މެސެޖަކު ވިދާޅުވެފައިވެ އެވެ.

ޙަބީބުގެ ދައުރު ހަމަވިއިރު އިލެކްޝަންސް ކޮމިޝަންގެ އެކި މަގާމުތަކަށް ހިމެނޭ ގޮތަށް އިލެކްޝަންސްގައި އޭނާ ވަނީ 21 އަހަރު ހިދުމަތް ކުރައްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން