ފާތިމަތު ނަޒީފާ އަޙްމަދު   13 މާރިޗު 2024 - 11:26
ބާރަށުދާއިރާގެ މަޖިލީސް މެމްބަރު އަހުމަދު އަބްދުﷲ
ބާރަށުދާއިރާގެ މަޖިލީސް މެމްބަރު އަހުމަދު އަބްދުﷲ
ޕާޓީ ބަދަލު ކުރުމުން އިންތިޚާބީ މަޤާމުތައް ގެއްލޭ "އެންޓި-ޑިފެކްޝަން ބިލު"ގެ ބަހުސް މަޖިލީހުގައި ފަށައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲއެވެ.

މީގެ ކުރިން ޢަމަލުކުރި އެންޓި ޑިފެކްޝަން ޤާނޫނާއި މިފަހަރު އަލަށް ހުށައެޅި ބިލުގެ އެންމެ ބޮޑު ތަފާތަކީ ޕާޓީން ބޭނުންވެގެން މެންބަރަކު ވަކިކޮށްފިނަމަ އެމެންބަރެއްގެ ރީކޯލްވޯޓަކަށް ދިއުމަށް އިލެކްޝަންސް ކޮމިޝަނަށް ލާޒިމުވުން ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން މީގެ ކުރިން ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން މެންބަރެއް ވަކިކުރުމަށް ޕާޓީން ނިންމި ނަމަވެސް ދާއިރާގެ ރައްޔިތުންގެ ތާޢީދު މެންބަރަށް އޮތްނަމަ ގޮނޑި ނުގެއްލޭނެ ކަމަށް ޙިސާން ވިދާޅުވިއެވެ. އެހެންކަމުން މެންބަރުންގެ މައްޗަށް ޕާޓީގެ ފުލް ކޮންޓްރޯލް ނޯންނާނެއެވެ.

ބިލުގައި އޮޓަމެޓިކުން މެންބަރުކަން ގެއްލޭނެ ހަމައެކަނި ޙާލަތަކަށް އޮތީ އަމިއްލައަށް ޕާޓީން ވަކިވުމާއި ޕާޓީ ބަދަލު ކުރުމެވެ.

އެންޑީޕީން މިބިލު މަޖިލީހަށް ހުށައަޅާފައިވާއިރު 18 ވަނަ މަޖިލީހުން ފާސްކޮށް ޢަމަލު ކުރަމުން ދިޔަ އެންޓި ޑިފެކްޝަން ޤާނޫނު 19 ވަނަ މަޖިލީހުން ވަނީ އުވާލާފައެވެ.

މިހާރު މަޖިލީހުގައި މި ބިލަށް ބަހުސް ކުރަމުން ދާއިރު، މި ބިލަށް ތާއީދުކޮށް ވާހަކަ ދައްކަނީ އިދިކޮޅު އެމްޑީޕީ މެމްބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން