އެމްޑީީޕީީ ޕީޖީ ބައެއް މެންބަރުން
އެމްޑީީޕީީ ޕީޖީ ބައެއް މެންބަރުން
ސަރުކާރު ދެކެ ރައްޔިތުން ފޫހިވެއްޖެ ކަމަށާއި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ބޮޑު މެޖޯރިޓީއެއް ހޯދޭނެކަން ޔަގީން ކަމަށް އިދިކޮޅު އެމްޑީޕީއިން ބުނެފިއެވެ.

އެމްޑީޕީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ ސްޕޯކްސްޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ، މި ސަރުކާރު ދެކެ ރައްޔިތުން ފޫހިވެ، ސަރުކާރުގެ ދޮގުތަކަށް ރައްޔިތުން ނަފްރަތު ކުރަން ފަށައިފި ކަމަށެވެ.

އީސަ ވިދާޅުވީ، މަޖިލީހުން ވިޔަސް އަދި ވެރިކަމުގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާ މެދުވެރިކޮށް ކަމުގައި ވިޔަސް، ރައްޔިތުންނަށް ކަމެއް ކޮށްދެވޭނީ އެމްޑީޕީ ސަރުކާރެއްގައި ކަން ރައްޔިތުން މިހާރު ގަބޫލު ކުރާ ކަމަށެވެ.

އެހެންކަމުން އެމްޑީޕީގެ މަޖިލިސް މެޖޯރިޓީއާއެކުގައި ނޫނީ ދިވެހިންނަށް ފާގަތި މުސްތަގުބަލެއް ނުފެންނާނެ ކަމަށް އީސަ ވިދާޅުވިއެވެ. އަދި އެމްޑީޕީ ނޫން ބަޔަކަށް ދިވެހިރާއްޖެއަށް ރަނގަޅު ތަސައްވަރެއް ނުގެނެވޭނެ ކަމަށް އީސަ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ކުރެވުނު މަސައްކަތުން އަޅުގަނޑުމެންނަށް ފެންނަނީ، އިރާދަކުރެއްވިއްޔާ ވަރަށް ޔަގީންކަމާއެކު، މާތް ﷲ ގެ ރަހުމަތްފުޅުން އަޅުގަނޑަށް ދަންނަވަން ކެރިދާނެ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ނަތީޖާއަކީ، ދިވެހިރާއްޖޭގަ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީޙުގެ އިންތިހާބުގެ ބޮޑު މެޖޯރިޓީއެއް އަޅުގަނޑުމެން ހޯދުން." އީސަ ވިދާޅުވިއެވެ.

މީގެ އިތުރުން އީސަ ވިދާޅުވީ، ރައްޔިތުންގެ ކައިރިރަށް، ރަށްރަށަށް ކުރި ދަތުރުން، ނިމިދިޔަ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމަށް ރައްޔިތުންގެ އިތުބާރު ހުރިކަން އެނގިގެން ގޮސްފިކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން