އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ނަޝާޠު (ވ) އަދި ކުރީގެ ނައިބު ރައީސް ޙަބީބު (ކ)
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ނަޝާޠު (ވ) އަދި ކުރީގެ ނައިބު ރައީސް ޙަބީބު (ކ)
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަމަށް ނަޝާޠު އައްޔަންކުރަށްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ބޭއްވި އީސީގެ 820 ވަަނަ އާންމު ޖަލްސާގައި އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް ޢަލީ ނަޝާޠު ޢައްޔަނު ކޮށްފައިވާ ކަމަށެވެ.

އީސީގެ ނައިބު ރައީސްކަމަށް ބޭފުޅަކު ޢައްޔަނު ކުރަން ޖެހުނީ ކުރިން ނައިބު ރައީސަކަށް ހުންނެވި އިސްމާޢީލް ޙަބީބުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

“ޤާނޫނު ނަންބަރު 2008/08 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، 2024 މާރިޗު 13 ވީ ބުދަ ދުވަހު ބޭއްވުނު ކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާއިން، އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް، ޢަލީ ނަޝާޠު ވަނީ އައްޔަނުކުރައްވާފައި.” އީސީން ބުނެފައިވެއެވެ.



އީސީގެ ނައިބު ރައީސަކަށް ނަޝާތު ޢައްޔަނު ކުރެއްވުމާ ގުޅިގެން އީސީގެ ކުރީގެ ނައިބު ރައީސް ޙަބީބު ވިދާޅުވީ ނަޝާތަކީ އިންތިޚާބުތައް ޒަމާނީ ފެންވަރަށް ގެންގޮސް ޑިޖިޓަލައިޒް ނިޒާމަކަށް އީސީގެ ޚިދުމަތްތައް ބަދަލުކޮށް ސިޔާސީ ޕާޓީ ތަކަށާއި ކެންޑިޑޭޓުންނާއި، އިލެކްޝަންސް ކޮމިޝަނުން ޚިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފަންނުވެރިކަމާއި ގާބިލްކަންހުރި ނާއިބު ރައީސެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބުނެފައިވަނީ، ކޮމިޝަނުގެ ރައީސަކާއި، ނައިބު ރައީސަކު އައްޔަނުކުރާނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން، ކޮމިޝަނުގެ މެންބަރުން ކަމަށެވެ.

އަދި މިގޮތުން ކޮމިޝަނުގެ ރައީސަކާއި، ނައިބު ރައީސަކަށް ޢައްޔަންކުރާ ބަޔަކު، އެމަޤާމަށް ޢައްޔަންކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކޮމިޝަނުން އަންގަންވާނެކަމަށް ކޮމިޝަންގެ ޤަވާއިދުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން