އަޙްމަދު ޙުމައިދު   14 މާރިޗު 2024 - 8:34
އެމެރިކާގައި ޓިކްޓޮކް ބޭނުން ކުރުން މަނާކުރާ ބިލެއް ފާސް ކޮށްފިއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މި ބިލް ފާސް ކުރީ، ޓިކްޓޮކް އިން ޗައިނާގެ ސަރުކާރަށް އެމެރިކާގެ މައުލޫމާތު ފޯރުކޮށްދޭކަމަށާއި އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ތުހުމަތު ކޮއްފައެވެ.

ޓިކްޓޮކުން އެ ތުހުމަތުތަށް ދޮގު ކުރަމުން ބުނީ ޗައިނާގެ ސަރުކާރާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ. އަދި އިތުރަށް ބުނީ އެމެރިކާގެ މައުލޫމާތު ހުންނާނީ އެމެރިކާގައި އެކަނި ކަމަށެވެ. އަދި އެހެން އެއްވެސް ގައުމަކަށް އެ މައުލޫމާތު ނުދާނޭ ކަމަށް ޓިކް ޓޮކުން ބުނެފައި ވެއެވެ.

ޓިކްޓޮކަކީ ޗައިނާގެ ކުންފުޏެއް ކަމަށްވާ ބައިޓް ޑާންސް ގެ އެޕް އެކެވެ. ޓިކްޓޮކް އަކީ ޗައިނާގައި ވެސް ބޭން ކޮށްފައިވާ އެޕްއެކެވެ. އެމެރިކާއިން ޓިކްޓޮކް ބޭން ކުރަން އުޅެން ފެށުމުން އެ ގައުމުގެ ރައްޔިތުން ދަނީ އެކަމާ މީސް މީޑިޔާގެ މަންސަތަކުގައި ނުރުހުން ފާޅުކުރަމުންނެވެ. އެ ގައުމުގައި އެތަށް މިލިޔަން ބަޔަކު ޓިކްޓޮކް ގައި ހުންނަ ވީޑިޔޯތަށް ބަލާ އަދި ވީޑިޔޯ ހަދައެވެ.

މިހާރު މި ބިލް އޮތީ ސެނެޓްގައެވެ. ސެނެޓުން ފާސްވެއްޖެނަމަ އެމެރިކާގެ ރައީސް އެ ތަސްދީދު ކުރާނެއެވެ. ސިޔާސީ މާހިރުން ދެކޭ ގޮތުގައި ސެނެޓްއިން މި ބިލް ފާހެއް ނުވާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން