ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމަށް ނިންމަވައިފި އެވެ.

ސިފައިންގެ ހިދުމަތުގައި 37 އަހަރު ހޭދަ ކުރައްވާފައިވާ އަބްދުއްރަހީމް ރިޓަޔާ ކުރަށްވާނީ ޢުމުރުފުޅުން 60 އަހަރު ފުރުމުން އަންނަ މަހު އެވެ. އަބްދުއްރަހީމް ރިޓަޔާ ކުރެއްވުމަށް ނިންމަވާ ސިފައިންގެ އިސްވެރިންނާ އެކަން މިހާރުވަނީ ޙިއްސާ ކުރަށްވާފައެވެ.

ސިފައިންގެ ޤާނޫނު ބުނާގޮތުން ސިފައިންގެ މީހެއްގެ ގޮތުގައި ވަޒީފާގައި ދެމިހުރެވޭނީ އުމުރުން 60 އަހަރު ފުރެންދެނެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއްރަހީމް އައްޔަންކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. އޭރު އަބްދުއްރަހީމް ހުންނެވީ މޭޖަ ޖެނަރަލް ރޭންކް ގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ.

އަދި މިދިޔަ ޑިސެމްބަރު 11 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ އަބްދުއްރަހީމް ލެފްޓިނެންޓް ޖެނެރަލް ރޭންކަށް ޕްރޮމޯޓް ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން