މާލޭ ސަރަޙައްދުން ކުނި ނެގުމުގެ މަސައްކަތް ކުރަމުންދަނީ
މާލޭ ސަރަޙައްދުން ކުނި ނެގުމުގެ މަސައްކަތް ކުރަމުންދަނީ
އިއްޔެ އާއި ރޭވެސް މާލޭގެ މަގުމަތިން ގިނަ އަދަދެއްގެ ކުނި ނަގާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އިއްޔެ އާއި ރޭ މާލެއިން 39.6 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ.

އެގޮތުން 0.35 ޓަނުގެ 16 ޕިކަޕާއި، 1.5 ޓަނުގެ 8 ޕިކަޕާއި ދެ ޓަނުގެ 7 ޕިކަޕް އަދި ހަތަރު ޓަނުގެ 2 ޕިކަޕުގެ ކުނި އިއްޔެ އާއި ރޭ މާލޭގެ މަގުމަތިން ނަގާފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ރަމަޟާން މަސް ފެށުނު ފަހުން މާލޭގައި އުފައްދާ ކުނީގެ ނިސްބަތް ބޮޑުތަނުން އިތުރުވެފައިވާތީ ސިޓީ ކައުންސިލުން ގެންދަނީ ކުނިތައް މަގުމަތިން ނަގައި މާލެ ސާފުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މޭޔަރު އާޒިމް ވިދާޅުވެފައިވަނީ މަގުތަކަށް ކުނިއެޅުމުގެ މައްސަލަ ބޮޑުވެފައިވަނީ ވެމްކޯއިން ކުނި އުކާލަދޭ އަގު ބޮޑުވެގެން ނޫންކަމަށެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ މިދިޔަ 20 ދުވަސްތެރޭ 300 ޓަނުގެ ކުނި މާލެ ތެރެއިން ނެގިފައިވާ ކަމަށާއި މާލޭ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރަށްވާ ކަމަށެވެ.

ގަވައިދާ ހިލާފަށް މާލެސިޓީގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދު ތަކަށް އަޅާ ކުނި އިތުރުވަމުންދާއިރު، އޭގެ އެއް ސަބަބަކީ ޕިކަޕްތަކުން ކުނި އުކާލަދޭ އަގު ބޮޑުވުމެވެ. މިގޮތުން ކުޑަ ޕިކަޕަކުންވެސް 50 ރުފިޔާ ކުނި އުކާލަދޭކަމަށް ބުނެ، 1500 ރުފިޔާއަށް ކުނި އުކައިދިނުމަކީ މީގެ އެއް ސަބަބުކަން އާޒިމް ފާހަގަކުރިއެވެ.

މަގުތަކަށް ކުނިއަޅަމުންދާ މައްސަލަ ހައްލުނުވާތީ، މިހާރު ވަނީ ސީސީސޓީވީ ކެމެރާގެ އެހީގައި މަގުތަކަށް ކުނިއަޅާ މީހުން ދެެނެގަނެ، އެމީހުން ލައްވައި ކުނިތައް ނެގުމުގެ މަސައްކަތްވެސް ފަށާފައެވެ،



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން