ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ގެނެސްފައިވާ އަސްކަރީ ޑްރޯންގެ އޮޕަރޭޝަން މިއަދު ފަށަން ސަރުކާރުން ނިންމައިފިއެވެ.
ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމާފައިވާއިރު މި އޮޕަރޭޝަން އިފްތިތާހުކުރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާފަރު އިންޓަރނޭޝަނަލް އެއާޕޯޓްގައެވެ. ރާއްޖޭގައި ޑްރޯން މަރުކަޒު ގާއިމްކޮށްފައިވަނީ ނ. މާފަރު އެއަރޕޯޓުގައެވެ.
މި އޮޕަރޭޝަނުގައި ދިވެހި ސިފައިންނާއެކު ތުރުކީގެ އޮފިޝަލުން ބައިވެރިވާއިރު، ޑްރޯނަށް ދިވެހި ސިފައިން އަހުލުވެރި ކުރުވުމާއި، ތަމްރީންތައް ފޯރުކޮށްދެނީ ތުރުކީގެ އޮފިޝަލުންނެވެ. މީގެ ކުރިން ދިވެހި ސިފައިންގެ ބައެއް އޮފިސަރުން ވަނީ ތުރުކީއަށްގޮސް ޑްރޯން ބޭނުންކުރާނެ ގޮތުުގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައެވެ.
ރާއްޖެއަށް ޑްރޯންތައް ގެނެސްފައިވަނީ ތުރުކީންނެވެ. ރާއްޖެއަށް ގެނެސްފައިވަނީ "ބައިރަކްތާރު ޓީބީ2″ ގެ ދެ ޑްރޯންކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް މި ޑްރޯންތައް ރާއްޖެއަށް ގެނައުމަށް ކުރެވުނު މުއާމަލާތްތަކާ ބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ބައިރަކްތާރު ޓީބީ2" ޑްރޯނަކީ 18،000 އަދި 25،000 ފޫޓު މަތިން އުދުއްސޭނެ އުޅަނދުތަކެކެވެ. 70 އާއި 120 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި އުދުހެވޭ މި އުޅަނދުތަކަކީ ނައިޓް ވިޝަން ކޭޕަބިލިޓީ އާއެކު ރޭގަނޑުވެސް ވަގުތުން ފޮޓޯއާއި ވީޑިއޯ ފޮނުވޭނެ އުޅަނދެކެވެ.
ހަމައެއާއެކު 300 ކިލޯމީޓަރު ދުރުން މައިމަރުކަޒަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ މި ޑްރޯންތަކަށް ހުއްޓުމެއް ނެތި 27-50 ގަޑިއިރު އުދުހުމުގެ ގާބިލްކަން ވެސް ލިބިފައިވެއެވެ. އަދި ބޭނުންނަމަ ހަތިޔާރު ހަރުކުރެވޭ މި ޑްރޯންގެ ބޮޑުމިނަކީ 21 ފޫޓެވެ.
ޑްރޯންތައް ރާއްޖެ ގެނެސް ޓެސްޓް ދަތުރުތައް ބާއްވާފައިވާއިރު، ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ގާބިލިއްޔަތު އިތުރުކޮށް ބޭރުގެ އަސްކަރިއްޔާތައް ޝާމިލްނުކޮށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެކެވެ.
އެގޮތުން ރ. މީދޫ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފަށާނޭ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ ކަންކަމުގައި އާއްމު ގޮތެއްގައި ހަރަކާތްތެރިވަނީ ކޯސްޓްގާޑުގެ ކަނޑުގެ އުޅަނދުތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު