ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރޭ އެކަނިވެސް މާލޭ ސިޓީން 48 ވެހިކަލެއް ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ގިނަ ދުވަސް ވެފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިމަހުގެ 5 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.

އެގޮތުން ރޭ އެކަނި ވެސް މާލޭ ސިޓީން 48 އުޅަނދު ޓޯކޮށްފައިވެއެވެ. ހަމައެއާއެކު އިއްޔެ ފުލުހުން ހާމަކުރި ގޮތުގައި އިއްޔެ ރޭ ވަނީ 40 އުޅަނދު ޓޯކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ މަގުތައް ތަރުތީބުކޮށް ބޭއްވުމުގައި އެންމެންގެ އެއްބާރުލުން މުހިންމު ކަމަށެވެ. އަދި މާލޭގެ ޕާކިންގ މައްސަލަ ހައްލުކުރަން ޕާކު ކުރުމަށް ހާއްސަ ހަތަރު އިމާރާތެއް އަޅަން މާލޭ ސިޓީ ކައުންސިލުން މިހާރުވަނީ ނިންމައިފަ އެވެ.

ޕާކިންގެ އިތުރުން މާލޭގައި ބޭނުން ނުކޮށް ޕާކުކޮށްފައި ހުންނަ ބާ އުޅަނދުގެ މައްސަލަވެސް ބޮޑެވެ. އެފަދަ 200 އަށް ވުރެ ގިނަ އުޅަނދު މަގުތަކުން ދާދި ފަހުން ނަގައި ވަނީ ނައްތާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން