ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސުންގަޑި މިއަދަށް ހަމަވާތީ، ފަހު ވަގުތަށް މަޑުނުކޮށް އަވަހަށް ރީ-ރަޖިސްޓަރ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަނދާންކޮށްދީފިއެވެ.
މަޖިލިސް އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ސުންގަޑިއަކީ މިއަދުގެ 3:00އެވެ.
އީސީން އިއްޔެ ބުނެފައި ވަނީ، ވޯޓުލުމަށް 4000އަށް ވުރެ ގިނަ މީހުންނަށް ރީ ރަޖިސްޓްރީކޮށްދީފައިވާ ކަމަށެވެ. އެގޮތުން ރަޖިސްޓްރީވާން ހުޅުވާލި ފުރުސަތުގެ ތެރެއިން ބުރާސްފަތި ދުވަހުގެ މެންދުރާއި ހަމައަށް 5202 ފޯމު ހުށަހެޅި ކަމަށް އީސީން މައުލޫމާތު ދެއެވެ.
ނަމަވެސް އޭގެ ތެރެއިން އެކި ސަބަބުތަކާ ހުރެ 484 ފޯމު ރިޖެކްޓްކުރި ކަމަށާއި އަދި ރީ ރަޖިސްޓްރީކޮށްދިނީ 4718 މީހުން ކަމަށް އީސީން ބުންޏެވެ.
މަޖިލިސް އިންތިހާބު ބާއްވަން އެންމެ ފުރަތަމަ ނިންމީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
ނަމަވެސް އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރުމުން އަންނަ މަހު 21 ވަނަ ދުވަހު އިންތިހާބު ބާއްވަން ވަނީ ނިންމައިފަ އެވެ.

https://t.co/QXf60Vz3hn#vihi24 pic.twitter.com/eGU2YVbNCQ
— Elections Commission (@ElectionsMv) March 16, 2024
މަޖިލިސް އިންތިހާބު ބާއްވަން އެންމެ ފުރަތަމަ ނިންމީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
ނަމަވެސް އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރުމުން އަންނަ މަހު 21 ވަނަ ދުވަހު އިންތިހާބު ބާއްވަން ވަނީ ނިންމައިފަ އެވެ.
ކިޔުންތެރިންގެ ހިޔާލު