ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ދިހަހާހަށް ވުރެ ގިނަ މީހުންނަށް ރީ ރަޖިސްޓްރީކޮށްދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ ރަޖިސްޓްރީވާން ހުޅުވާލި ފުރުސަތު އިއްޔެ ހަމަވި އިރު 11169 ފޯމު ހުށަހެޅި ކަމަށެވެ.
ނަމަވެސް އޭގެ ތެރެއިން އެކި ސަބަބުތަކާ ހުރެ 1141 ފޯމު ރިޖެކްޓްކުރި ކަމަށާއި އަދި ރީ ރަޖިސްޓްރީކޮށްދިނީ 10028 މީހުން ކަމަށް އީސީން މަޢުލޫމާތުދެއެވެ.
ރީ ރަޖިސްޓްރީކޮށްދިން މީހުންގެ ތެރޭގައި ރާއްޖެއިން ބޭރުގައި ވޯޓުލާން ރީ ރަޖިސްޓްރީ ކުރީ 1338 މީހުން ވެސް ހިމެނެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ރީ ރަޖިސްޓްރީ ކުރީ މެލޭޝިއާ އަދި ލަންކާއިން އެވެެ. އެގޮތުން މެލޭޝިއާގައި ވޯޓުލާން 702 މީހުން ރަޖިސްޓްރީ ކުރި އިރު ލަންކާގައި ވޯޓުލާން 306 މީހަކު ރަޖިސްޓްރީކުރި އެވެ.
މަޖިލިސް އިންތިހާބު ބާއްވަން އެންމެ ފުރަތަމަ ނިންމީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
ނަމަވެސް އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރުމުން އަންނަ މަހު 21 ވަނަ ދުވަހު އިންތިހާބު ބާއްވަން މިހާރު ވަނީ ނިންމައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު