އިއްޔެ ވެސް ގިނަ އަދަދެއްގެ ކުނި މާލެއިން ނަގައިފި އެވެ.
ރޯދަ މަހާ ދިމާކޮށް މާލޭގެ މަގުތަކަށް ކުނި އަޅާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އިއްޔެވެސް 1.5 ޓަނުގެ އަށް ޕިކަޕާއި، 350 ކިލޯގެ 18 ޕިކަޕުގެ އިތުުރުން ދެ ޓަނުގެ ދެ ޕިކަޕުގެ ކުނި މާލޭގެ އެކި ސަރަހައްދުތަކުން ނެގި ކަމަށެވެ. އެއީ ޖުމްލަ 22 ޓަނުގެ ކުންޏެވެ.
މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކުނި އެޅުން ހުއްޓުވަން ސިޓީ ކައުންސިލްގެ ވެށިފާރަވެރިން ވެސް މަގުތަކަަށް ނެރެމުންދާ ކަމަށެވެ. ހަމަ އެހެންމެ ކުނި އަޅާ މީހުން ހޯދަން ސީސީޓީވީ ފޫޓޭޖްތައް ބަލައި ފުލުހުން މެދުވެރިކޮށް އެ މީހުން ހޯދަމުން ދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ގޭތެރޭގައި ގެންގުޅޭ ސޯފާއާއި، ފާހަނާތައްޓާއި ބޮޑެތި ހިފާ ގެންގުޅޭ ތަކެތީގެ އިތުރުން ކޮންސްޓްރަކްޝަން ކުނިތައްވެސް ވަރަށް ގިނައިން މަގުމަތިން ނަގަމުންދާ ކަމަށެވެ.
ސިޓީ ކައުންސިލުން މިހާރުވަނީ ކުނި އުކާ މީހުން ހޯދުމަށް ފަހު އެމީހުން ލައްވާ ކުނިތައް އުކާލުމުގެ މަސައްކަތް ފަށައިފަ އެވެ.
މާލޭގެ މަގުތަކުން މި ފަހުން ނެގި ކުނީގެ އަދަދު މިހާރު ވަނީ 400 ޓަނަށް ވުރެ މައްޗަށް އަރައިފައެވެ.
އެހެންކަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ މާލޭ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު